ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 09:04
ގެއްލިފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ ސަލާ އާއި ޕައިލެޓް އިބޮސްޓޮން
ގެއްލިފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ ސަލާ އާއި ޕައިލެޓް އިބޮސްޓޮން
ގޫގުލް
އެމިލިއާނޯ ސަލާ
އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިއްޖެ!
ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި ޖެޓު ފެނިއްޖެ

އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި ޖެޓު ފެނިއްޖެއެވެ.

ނިމިގެންދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ގެއްލުނު ޕައިޕާ މަލިބޫ ނަމަކަށް ކިއުނު މި ޖެޓު ފެނުނުކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަންގާރަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލި މި ޖެޓުގެ ޚަބަރެއް އެންމެ ފަހުންވީ 5000 ފޫޓު މަތީގައި އޮއްވައި ކަމަށާއި، ޖެޓާ ގުޅުން ކެނޑުނީ 2300 ފޫޓު މަތިން ދަތުރުކުރަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށްވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ.

ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި މިވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަންޑިވަޅެއްގައެވެ.

ސަލާ ދަތުރު ކުރި ޖެޓު ހޯދުމަށް ހަރަދު ކުރުމަށް އޭނާގެ އޭޖެންސީން ހާއްސަ ފަންޑެއް ހުޅުވާފައި ވާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އެފަންޑަށް އެހީތެރިވެފައެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ކާޑިފް ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޓީމަށް ގެނެސްފައި ވަނީ މިދިޔަ ޖަނަވަރީ މަސްތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެޓީމާ ގުޅުމަށެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ވަނީ އެޓީމަށް ކުޅުނު 130 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ސީޒަން ހޭދަކޮށްފައެވެ.

އާޖެންޓީނާއަށް އުފަން އުމުރުން 28 އަހަރުގެ ސަލާ ވަނީ ސިއަން އަދި ބޯޑޯ އަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ފެބްރުއަރީ 2019 | ހޯމަ 04:38
ޖެޓް
ޖެޓް ފެނުނު އިރު އޭގާވާ ދެމީހުން ކޮބާކަމެއް ނޭންގުނު. ލިޔުމުގައިވެސް ނުފެނުނު.