Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 23:21
ކޮލެޖެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޮލެޖެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަޝްވާ ފަހީމް
މަތީ ތައުލީމް
މަތީތައުލީމުދޭ ތަންތަނުން މިންގަނޑާ ޚިލާފަށް ޕްރޮގްރާމްތައް ހިންގާ ކަމުގެ ޝަކުވާ ލިބޭ: އެމްކިއުއޭ
މިންގަނޑުތަކާ ޚިލާފަށް ޕްރްގާރަމްތައް ހިންގާނަމަ، ހުއްދަ ބާތިލް ކުރާނެ
ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރަން ޖެހޭ

މަތީތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި، ކޮލެޖްތަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޕްރްގްރާމްތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި، ކޮލެޖްތަކުން އެއޮތޯރިޓީއިން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޕްރްގްރާމްތައް ރާވާ، ހިންގާ އަދި އިސްތިހާރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެމްކިޔުއޭއިން ބުނީ އެކަޑަމިކް ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެ ކޯސްތަށް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބެލުމަކީވެސް އެއޮތޯރޮޓީގެ ޒިންމާއެއް ކަމަށާއި، ހުއްދަ ދޭ މިންގަނޑުތަކާ ޚިލާފަށް ޕްރޮގާރަމްތައް ހިންގާނަމަ، އެތަނަކަށް ދީފައިވާ ހުއްދަ ބާތިލްކުރަންވެސް ޖެހިދާނެ ކަމަށެވެ.

އެހެންކަމުން ތައުލީމީ ޕްރޮގްރާމްތައް ހިންގުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ބޭރުން ޕްރޮގްރާމްތައް ނުހިންގުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.  

މީގެ އިތުރުން އެމްކިޔުއޭއިން ބުނީ އެކަޑަމިކް ޕްރޮގްރާމް ހިންގާ ފަރާތުން ޕްރޮގްރާމްގެ ޑޮކިއުމެންޓް އެއޮތޯރިޓީއަށް ހުށަހެޅުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެއޮތޯރިޓީގެ މިންގަނޑަށް ފެތޭނަމަ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަވެސް ދޭކަމަށެވެެ.

މިފަދަ ގޮތަކަށް އަމަލުކުރަން ޖެހެނީ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުން ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށްވެސް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
3 ފެބްރުއަރީ 2019 | އާދީއްތަ 20:22
Naasif
Thivaany avid collage kamah. E ey bandhu kuranjehey thaneh.