Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 22:59
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޕީޕީއެމް
މޯލްޑިވިއަންއަށް 3.8 މިލިއަން ރުފިޔާ ދެއްކުމަށް ޕީޕީއެމްއަށް ހުކުމްކޮށްފި
ރުފިޔާ ދައްކަން ޖެހެނީ 15 ދުވަސް ތެރޭ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް 3.8 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕްރްގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ހުކުމުކޮށްފިއެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހު ހުކުމްކޮށްފައިވާ ގޮތުން ޕީޕީއެމްއިން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި މޯލްޑިވިއަން އަށް 3.8 ރުފިޔާ ދައްކަންޖެހޭއެވެ.  

ކެމްޕޭން ދަތުރުތައް ކުރުމަށްފަހު ޕީޕީއެމުން، ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅަފައިވަނީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.  

އެ ފައިސާއަކީ ކެމްޕޭން ތެރޭގައި "ޕީޕީއެމްގެ ސައިޒު ދައްކާލާ ބޮޑު ޖަލްސާ" ބޭއްވުމަށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓްތައް ޗާޓަރކޮށް، ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާއެވެ. އެ ކެމްޕޭން ހަރަކާތާއެކު، ޕީޕީއެމުން ޖުމްލަ 4.8 މިލިއަން ރުފިޔާ، އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހުނުވެ.  

އައިލެންޑް އޭވިއޭޝަނުން މީގެކުރިން ވަނީ އެ ކުންފުންޏަށް ޕީޕީއެމުން ދައްކަންޖެހޭ ފައިސާ، އެ ޕާޓީއަށް ދައުލަތުންދޭ ފައިސާގެ ތެރެއިން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ އެއީ ކޮމިޝަނަށް ކުރެވޭނެކަމެއް ނޫން ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް