Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 22:52
މުހައްމަދު ގަސަމް
މުހައްމަދު ގަސަމް
ޓްވިޓަރ
އެފްއެސްއެމް
އެފްއެސްއެމްގެ އެމްޑީއަކަށް ގަސަމް
އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ހޯމަ ދުވަހު

އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަކަށް ގދ.ތިނަދޫ ސަނީ ޑޭލް މުހައްމަދު ގަސަމް އައްޔަނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރުކަން މީގެ ކުރިން ކުރައްވާފައިވާ ގަސަމް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް ހަމަޖެއްސީ އާދިއްތަ ދުވަހު ބޭއްވި އެސްޓީއޯގެ ބޯޑުގެ ބައްދަލުވުމުގައެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެމްޑީގެ މަގާމަށް ގަސަމް އައްޔަންކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ހުސެއިން ދީދީ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ. އޭނާ މަގާމުން ވަކިކުރެއްވީ ފިއުލް ސަޕްލައިގެ ބޯޑުން ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައެވެ. ހުސައިން ދީދީއަށް ތުހުމަތު ކުރެވޭ މިހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް