Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 22:49
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު
ހައްވާ މުހައްމަދު
ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅު
އެންމެ ގިނަ ދިވެހިން ދިރިއުޅޭ ބޭރު ގައުމަކީ ސްރީލަންކާ: އުމަރު އަބްދުއްރައްޒާގު
އެމްބަސީން ލަންކާގައި އުޅޭ ރައްޔިތުންނަށް ދޭންޖެހޭ ހިދްމަތްތައް ލުއިފަސޭހަކޮއްދިނުމަށް މަސައް

އައްޑުސިޓީ އާއި މާލެ ފިޔަވައި، ދެން އެންމެ ގިނަ ދިވެހި ރައްޔިތުން ދިރިއުޅޭ ފަސްގަނޑަކީ ސްރީލަންކާ ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ސްރީލަންކާގެ ރައީސް މައިތިރިޕޭލާ ސިރިސޭނައާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވި ފަހުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ގައުމު ދޫކޮށް ދިވެހިން ހިޖްރަކުރަމުން އަންނައިރު ،ބޭރު ގައުމަކަށް ދިވެހިން އެންމެ ގިނައިން ދިރިއުޅެނީ ސްރީލަންކާގައި ކަމަށެވެ.

ސަފީރު ދިވެހިރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރައްވާ ތިންދުވަހުގެ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ސަފީރު ވިދާޅުވީ. ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް، އެ ގައުމުގައި ހުންނަ އެމްބަސީން ލިބެންޖެހޭ ހިދްމަތްތައް ލުއި ފަސޭހަކޮށް ލިބެންޖެހޭ ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ޒައާމަތުގައި އެމްބަސީން ދިވެހިރައްޔިތުންނައް ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ލުއިފަސޭހަ ކަމާއެކު، ފޯރުކޮއްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެމްބަސީން ދޭ ހިދްމަތްތައް ވީހާވެސް ލުއި ފަސޭހަކޮށް ދިނުމުގެ އިންތިޒާމްތައި ހަޖައްސަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް