ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 11:21
ކަނޑު އިބިލީސް ޕޯސްޓަރު
ކަނޑު އިބިލީސް ޕޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމް އިންޑަސްޓްރީ
މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއިއެކު ކަނޑު އިބިލީސް ޕްރިމިއަރ ކޮށްފި
"ކަނޑު އިބިލީސް" އަކީ ރާއްޖޭގައި ކުޑަކުދިންގެ ފިލްމެއް އެހާ ކުލަގަދަކޮށް ޕްރިމިއާކުރި ހަމައެކަނި ފިލްމް

މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ފިލްމް "ކަނޑު އިބިލީސް" ހުކުރު ދުވަހު ވަނީ ޕްރިމިއަރ ކޮށްފައެވެ.

މިލްމު ޕްރިމިއާކޮށް ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ

"ކަނޑު އިބިލީސް" އަކީ ކުޑަކުދިންގެ ފިލްމެއް އެހާ ކުލަގަދަކޮށް ރާއްޖޭގައި ޕްރިމިއާކުރި ހަމައެކަނި ފިލްމެވެ.

މި ފިލްމް ޕްރިމިއަރގައި ބިދަބިން ބޮޑުބެރު ގްރޫޕްގެ ހާއްސަ ލަވައަކާއި ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ރީތި ހުށައެޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން އާއިލާ އާއެކު ފިލްމު ބެލުމަށް އޮލިމްޕަހަށް ވަދެފައިވާއިރު ފިލްމް ބަލަން ދިޔަ ތުއްތު ކުދިން ބުނެފައިވަނީ އެކުދިންނަށް މި ފިލްމް ވަރަށް ކަމުދިޔަ ކަމަށެވެ.

އަހުމަދު ޒިޔާދު (ޒިޔާ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޕްރޮޑިއުސް ކޮށް އަދި ލީޑް ރޯލް ކުޅެފައިވާ މި ފިލްމްގައި 100 އަށް ވުރެ ގިނަ ތުއްތު ކުދިން ފެނިގެންދެއެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށް ޒިޔާ ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ޒިޔާ ބުނީ މި ފިލްމްގެ އިތުރު ޝޯތަކެއް އަންނަ މާރޗް މަހު އޮލިމްފަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން މާރޗް މަހުގެ ކުރިން ހުޅުމާލޭ ޝްވެކް ސިނަމާގައިވެސް މި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮޕީ އިއްސެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ވާހަކަ ލިޔެފައިވަނީ އޭނާގެ ބައްޕަ ކޮޕީ މުހައްމަދު ރަޝީދުއެވެ.

މި ފިލްމް ފުރަތަމަ ޕްރިމިއަރ ކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. "ކަނޑު އިބިލީސް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ  ވެސް ހަމަ ކުޅުދުއްފުށީގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް