ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 10:38
ބާސެލޯނާ އަދި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން ލިއޮަނަލް މެސީ
ބާސެލޯނާ އަދި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން ލިއޮަނަލް މެސީ
ގޯލް.ކޮމް
ސްޕަނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބާސެލޯނާ އާއި ވެލެންސިއާ ބައްދަލުކުރި މަޗު އެއްވަރުވެއްޖެ!
ފުރަތަމަ ހާފް ނިމުންއިރު ބާސެލޯނާ އެކެއް، ވެލެންސިއާ ދޭއް
2-2 އަކުން ނަތީޖާ އެއްވަރުވެގެން މެޗު ނިމުން

ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާ އާއި ވެލެންސިއާ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު 2-2 ކުން ވަނީ އެއްވަރުވެފައެވެ.

މި މެޗުގެ 24 ވަނަ މިނެޓުގައި ރޮޑްރިގޯ މޮރީނޯގެ އެހީތެރިކަމާއި އެކު ފުރަތަމަ ގޯލް ކާމިޔާބު ކުރީ ވެލެންސިއާގެ ކެވިން ގަމީރިއޯ އެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ބާސެލޯނާގެ ސާޖީ ރޮބާޓޯ، ވެލެންސިއާގެ މިޑްފީލްޑަރ ޑެނައިލް ވޮސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ލީޑް އިތުރަށް ފުޅާ ކުރިއެވެ. މި ލަނޑު ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ  އެޓީމުގެ ޑެނިއަލް ޕަރެޖޯއެވެ.

ވެލެންސިއާ ޕެނަލްޓީ ކާމިޔާބު ކުރިތާ މާ ގިނައިރުތަކެއްނުވެ، މެޗުގެ 39 ވަނަ މިނެޓުގައި ވެލެންސިއާގެ ގަމައިރޯ ބާސާގެ ސެންޓަ ބެކަށް ކުޅޭ ޖެރާޑް ޕިކުއަށް ކުރި ފައުލަކާއި ގުޅިގެން ލިއޮނަލް މެސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަކުރިއެވެ.

ފުރަތަމަ ހާފް ނިމުންއިރު ނަތީޖާއަކީ ބާސެލޯނާ އެކެއް، ވެލެންސިއާ ދޭކެވެ.

ދެވަނަ ހާފް ފެށިގެންދިޔައިރު ބާސާގެ ކުޅުން ރަނގަޅުކޮށް، ވެލެންސިއާގެ ގޯލަށް ހަމާލާތަކެއް ދިނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އާޓްރޯ ވިދާލް ލިއޮނަލް މެސީއަށް ދިން ޕާހަކުން ޖެހިލަނޑުން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު، ލަލީގާގައި ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއި އެކޮށް ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނާގައެވެ.

ކުޅުނު 22 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ވެލެންސިއާ އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް