Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 10:33
އެޑިިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ގދ. އަތޮޅުގައި
އެޑިިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ގދ. އަތޮޅުގައި
ޓްވިޓަރ
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލްތަކުގެ ކިޔެވުމާއި ނަތީޖާ ރަނގަޅު ކުރުމަށް ހިންގާ ޕްރޮގްރާމް ފަށައިފި
ފަށައިގެން ކުރިއަށްގެންދަނީ ޕައިލެޓް ޕްރޮގްރާމްތަކެއް

އެޑިއުކޭޝަންސް މިނިސްޓަރ ޑރ. އާއިޝަތު އަލީ ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން، ސްކޫލްތަކުގެ ކިޔެވުމާއި ނަތީޖާ ރަނގަޅު ކުރުމަށް ހިންގާ ޙާއްސަ ޕްރޮގްރާމްގެ ޕައިލެޓް ޕްރޮގްރާމް ހުވަދޫ ސްކޫލްގައި އިފްތިތާހް ކޮށްދެއްވައިފި އެވެ.

މިނިސްޓަރ އާއިޝަތު އަލީ، ފަރެސްމާތޮޑާއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހު އެވެ. 

އެރަށަށް ވަޑައިގެން ސްކޫލްތަކުގެ ކިޔެވުމާއި ނަތީޖާ ރަނގަޅު ކުރުމަށް ހިންގޭ ޙާއްސަ ޕްރޮގްރާމްގެ ޕައިލެޓް ޕްރޮގްރާމް ހުވަދޫ ސްކޫލްގައި އިފްތިތާހް ކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާާމްގެ ފުރަތަމަ ބައިގައި ހިމެނޭ ރީޑިންގ ސެޝަންތަކުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް އިނގިރޭސި ދޭހަވާ މިންވަރު އިތުރުވެ، އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކުގެ ނަތީޖާ ރަނގަޅު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ސްކޫލްތަކުގެ ކިޔެވުމާއި ނަތީޖާ ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

ހުވަދޫ ސުކޫލްގައި މި ޕްރޮގްރާމްގައި ފެށި ސެޝަންތައް ނަންގަވައި ދެއްވާނީ މިނިސްޓްރީގެ ކޮންސަލްޓަންޓް އަހުމަދު ސަޢީދު އެވެ. 

މިނިސްޓަރ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ، ރަށު ކައުންސިލާއި ވެސް ބައްދަލު ކުރައްވާފަ އެވެ. އަދި ހުވަދޫ ސްކޫލްގެ އެސް.އެމް.ޓީ، ޕީ.ޓީ.އޭ އަދި ޓީޗަރުންނާ ވެސް ބައްދަލުކުރައްވައި، ސުކޫލްގައި ހުރި މައްސަލަތައް ވަނީ އޮޅުން ފިލުއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް