Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 21:03
ގެއްލިގެން ހޯދަމުން ދިޔަ ޔުނިޓީ ދޯނި
ގެއްލިގެން ހޯދަމުން ދިޔަ ޔުނިޓީ ދޯނި
އެމްއެންޑީއެފް
ގެއްލުނު ދޯނި ފެނުން
ގެއްލިގެން ހޯދަމުންދިޔަ ޔުނިޓީ ދޯނީގެ ޚަބަރެއް ވެއްޖެ
މިދޯނި މަސްވެރިކަމަށް ނުކުތީ 13 މީހުންނާ އެކު
މިހާރު އަންނަނީ މާލެއަށް ދަތުރުކުރަމުން

ހއ. ފިއްލަދޫ އިން މަހަށް ފުރި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ދޯނީގެ ޚަބަރެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ''ޔުނިޓީ'' ނަމަކަށް ކިޔާ މި ދޯނީގެ ޚަބަރެއްވީ ހޮނިހިރު ދުވަހު 17:22 ގައި ކަމަށެވެ.

އެމްއެންޑީއެފް ޔުނިޓީ ދޯނި، ހއ. ކެލާގެ އުތުރުން 30 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރުމަށް ފަހު މާލެއަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓު ގާޑަށް މައުލޫމާތުދީފައިވާ ކަމަށެވެ. 

13 މީހުންނާ އެކު މިދިޔަ މަހުގެ 25 ވަނަ ދުވަހު މަސްވެރިކަމަށް ނުކުތް މިދޯނީގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހު 14:10 ހާއިރު ކަމަށެވެ.

މި ދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަޑެއް ލާފައިވާ ދޯންޏެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް