Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 18:43
ގދ. ގައްދޫ
ގދ. ގައްދޫ
ގޫގްލް މެޕްސް
ހަށިގަނޑުގައި ރޯކޮށްލުން
ހަށިގަނޑުގައި ރޯކޮށްލި އަންހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް!
އެއަންހެން މީހާގެ ހާލު އަންނަނީ މަޑުމަޑުން ރަނގަޅުވަމުން

އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި ގދ. ގައްދޫ އަންހެން މީހާ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންގޮސްފިއެވެ.

އާއިލާ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން، ނަފުސާނީ މައްސަލަ ހުންނަ އެ އަންހެން މީހާ އަމިއްލަ ގައިގައި ރޯކޮށްލީ މިދިޔަމަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑުގެ 70 އިންސައްތަ ވަނީ ފިހިފައެވެ.

މި އަންހެންމީހާގެ އާއިލާ މެންބަރެއް ރާއްޖެއެމްވީއަށް ބުނީ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ޑޮކްޓަރުގެ ލަފާގެ ދަށުން އިތުރުފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އަދި އިންޑިއާ އަށް ގެންދިޔައީ އާސަންދައިގެ ދަށުން ކަމަށް އޭނާ ބުންޏެވެ. 

އާއިލާ އިން ބުނީ އަންހެން މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއަށް ފަރުވާ ދެމުންދަނީ އިންޑިއާގެ ކޮށް ހޮސްޕިޓަލެއްގައި ކަމަށް އައިލާއިން ނުބުނެއެވެ.

މީގެ ކުރިން އެރަށުގެ ކައުންސިލުން ބުނީ އެ އަންހެން މީހާ އަމިއްލަ ހަށިގަނޑަށް އަނިޔާދީ މިފަދަ އެއްވެސް ކަހަލަ ކަމެއް ނުކުރާ ކަމަށާއި، އޭނާއަކީ ދެދަރިން ގޮވައިގެން ވަރަށް ރަނގަޅަށް ދިރިއުޅެމުން އަންނަ އަންހެނެއް ކަމަށެވެ.

އެ މީހާގެ ހުރީ ހަ އަހަރުގެ އަންހެން ކުއްޖަކާއި، 3 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިހާރު އޭނާއަކީ އެކަނިވެރި މައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް