Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 16:17
އާޒިމާ ޝަކޫރު
އާޒިމާ ޝަކޫރު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
މަޖިލިސް އިންތިހާބުގައި ވާދަނުކުރަން އާޒިމާ ނިންމަވައިފި
ކުރިމަތިނުލާން ނިންމާފައިވަނީ ސިއްހީ ހާލަތު ތަން ނުދޭތީ

އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރުއްވަން ނިންމަވައި، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާޒިމާ ޝަކޫރު ޕީޕީއެމްގެ ޓިކެޓް ދޫކޮށްލައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމާ މަޖިލީސް އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ ސިއްހީ ހާލަތު އެކަމަށް ތަންނުދޭތީއެވެ. މިކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

މިދިޔަ ޑިސެމްބަރު މަހު މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ފަރާތްތަކަށް ޓިކެޓު ދިން އިރު ޕީޕީއެމް އިން ވަނީ  ޕްރައިމަރީއަކާ ނުލާ އާޒިމާއަށް ނ. ހޮޅުދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް ޓިކެޓު ދީފައެވެ. އަދި ޓިކެޓު ލިބުމާއި ގުޅިގެން ދާއިރާއަށް ވަޑައިގެން އާޒިމާ ވަނީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ކެމްޕެއިން މަސައްކަތްވެސް ކުރައްވާފައެވެ. 

ނަމަވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އެއްބަސްވެ، ޕްރޮގްރެސިވް ކޮންގްރެސްގެ ނަމުގައި ކޯލިޝަނެއް އުފައްދައި، އެ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ ޓިކެޓު ވަނީ އަޙުމަދު ހަމްދާން ނާސިރަށް ޕްރައިމަރީއަކާއި ނުލައި ދީފައެވެ. ހަމްދާން އަކީ ޕީއެންސީގެ މެންބަރެކެވެ.

މިހާތަނަށް ޕީޕީއެމްއިން މަޖިލިސް އިންތިޚާބުގެ ޓިކެޓު ދީފައިވާ ފަރާތްތައްވެސް ދެން އިންތިޚާބުގައި ވާދަކުރާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައިކަން އެ ކޯލިޝަނުން ހާމަކޮށްފައިވާއިރު، އެ ކޯލިޝަނުން މިހާތަނަށް ޖުމްލަ 63 ދާއިރާއެއްގެ ޓިކެޓު ޕްރައިމަރީއަކާއި ނުލައި އެކި ފަރާތްތަކަށް ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް