ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 15:36
ފެލައިނީ
ފެލައިނީ
ގެޓީ އިމޭޖަސް
ފެލައިނީ ޔުނައިޓެޑް ދޫކޮށްލުން
ފެލައިނީ ޗައިނާގެ ކްލަބަކަށް ބަދަލުވެއްޖެ
ޔުނައިޓެޑުގެ އެއްބަސްވުން ފެލައިނީ އާކުރީ މިދިޔަ އަހަރު
ފެލައިނީ ބަދަލުވީ ޗައިނާގެ ޝަންޑޮންގް ލޫނެންގްއަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރ މައުރެން ފެލައިނީ ޗައިނާގެ ޝަންޑޮންގް ލޫނެންގްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ ފެލައިނީ ޗައިނާގެ ލޫނެންގްއަށް ބަދަލުވީ 10.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ޔުނައިޓެޑް ދޫކޮށްލިކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޔުނައިޓެޑުން ވަނީ އެ ކްލަބުގެ އެއްބަސްވުން މިދިޔަ އަހަރު އާކުރި ފެލައިނީ އެ ކްލަބަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށް، ކުރިމަގުގައި ކާމިޔާބީއަށް އެދިފައެވެ.

ޖެނުއަރީ ޓްރާންސްފާގައި ފެލައިނީ ހޯދަން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާގެ ކްލަބްތަކުގެ އިތުރުން ޖަރުމަން އަދި ސްޕެއިންގެ ކްލަބްތައް ވެސް ހިމެނެއެވެ.

އެވަޓަން ދޫކޮށްލުމަށް ފަހު ފެލައިނީ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 177 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕާއި، ލީގް ކަޕާއި،ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމް ގައުމީ ޓީމުން ވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ފެލައިނީ ވަނީ އެޓީމަށް ކުޅުނު 87 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމްގެ "އެބޮނީ ޝޫ" 2008 ވަނަ އަހަރު ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް