Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 15:34
ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓް
ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓް
މުހައްމަދު ޝަރުހާން
ހައިވޭ އެކްސިޑެންޓް
ހައިވޭގައި އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
އަނިޔާވެފައި ވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފިރިހެނަކަށް

ހުޅުމާލެއަށް ދާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައި ވަނީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 2:15 ގައި ކަމަށާއި އަނިޔާވި ޒުވާނާއަށް ފަރުވާ ދިނުމައްޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ އެއާރޕޯޓުން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުކުރެވިގެން ތޮށިގަނޑު މައްޗަށް އަރައިގެން ކަމަށެވެ. އަނިޔާ ވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހަރަކާތެއް ނެތް ކަމަށާއި ބޮލާއި ހަށިގަނޑުން ލޭ ފައިބާފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ އެކްސިޑެންޓެއްގައި އަނިޔާވެގެން މިއަދު 14:50 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް މީހަކު ގެނެވުނު ކަމަށާއި، އެ މީހާއަށް އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަނިޔާވެފައިވަނީ ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ މީހަކަށެވެ. ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލް އެމެޖެންސީ ރޫމްގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ފެބްރުއަރީ 2019 | އާދީއްތަ 04:23
Wahuba
Are swimming ah saiku hifaag3n shiyaq kujjeh