Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 14:35
ގޫގުލް
ލީނާ ފިލްމު
އަޒުލީނާގެ މަރުގެ ހާދިސާ ފިލްމެއްގެ ގޮތުގައި
ލީނާ ފިލްމު ރިލީޒް ކުރަނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު
ފިލްމުގެ ސްލޯގަނެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ "އޭން އިނޮސެންޓް ގާލް"

ވިޔަފާރިވެރިންގެ ޖަމުއިއްޔާގެ ފާޚާނާގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމު "ލީނާ"ގެ ޓީޒާ ޓްރެއިލާ އަދި ޕޯސްޓަރު ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައެވެ

އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް މަޝްހޫރު ފިލްމީ ތަރި މި ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ އަބްދުﷲ މުއާޒް ( މުއާ)  ބުނެފައިވާއިރު ފިލްމުގެ ޝޫޓިން ނިންމާލިތާ ގިނަދުވަސްތަކެއް ވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ފިލްމުގެ ސްލޯގަނެއްގެ ގޮތުގައި "އޭން އިނޮސެންޓް ގާލް" މިނަން ބޭނުން ކޮށްފައި ވެއެވެ.  

"ލީނާ" ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން މުއާ ބުނެފައިވަނީ އަޒްލީނާގެ މަރުގެ ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެއް ކަމަށާއި އަދި ގިނަ ބައެއްގެ ސަމާލްކަން އެ ކަމަކަށް ހުއްޓުނު ހާދިސާއެއްކަމަށެވެ.

މުއާ ބުނީ އަޒްލީނާގެ މަރުގެ ހާދިސާ ހިނގި ދުވަސްވަރު އޭނާ އުޅެނީ ސްކޫލުގައި ކަމަށާއި އެއިރުން ފެށިގެންވެސް އެޙާދިސާއަށް އޭނާ ޝައުގުވެރިކަން ހުންނަ ކަމަށެވެ.

މީގެ އިތުރުންވެސް މުއާ ބުނީ ވިހާވެސް ގިނަ ބަޔަކު ފިލްމު ބަލަން ދިއުމަކީ އޭނާ އެދޭ އެދުމެއް ކަމަށާއި އަދި އެއީ ކުރާ އުއްމީދެއް ކަމަށެވެ. ކޮންމެ ވިލްމަކީވެސް އޭގެ ޒަތުގައި ތަފާތުފިލްމެއްކަން ފާހަގަކޮށް މުއާ ބުނީ އެގޮތުން މިފިލްމަކީވެސް ތަފާތު ފިލްމެއްކަމަށެވެ.

ލީނާ ޓްރެއިލާއިން ޝައުގުވެރި ލީނާގެ ބަސްކޮޅުތަކެއް ފެނިގެންދެއެވެ. ނުޒުހަތު ޝުއައިބު (ނުޒޫ) އާ އެކު ސަކަރާތްޖަހާ މަންޒަރު ފެނިގެންދިޔަ އިރު ލީނާގެ ލޯބިވެރިޔާ އަލީ އާޒިމް (ދޮން އައްޔަ) އާއެކު ހޭދަކުރާ ލޯބި ވަގުތުކޮޅުވެސް ފެނިގެން ދިޔަ އެވެ. އަދި ލީނާގެ ގާތިލް މުއާ (ޒުހޫރު) ވެސް ޓްރެއިލާއިން ފެނިގެންދެއެވެ.ޕޯސްޓަރުގައި މަރާލާފައި އޮންނަ އައްޒަ(ލީނާ) ފެންނައިރު އޭނާ އާ ތަންކޮޅެއް ދުރުގައި ކާކުކަން ނޭނގޭ ގޮތަށް ހިޔަންޏެއް ހުއްޓިގެން ހުރި ތަން ފެނެއެވެ.

ފިލްމުގެ ސްލޯގަނެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "އޭން އިނޮސެންޓް ގާލް"އެވެ.އެ ތަރިންގެ އިތުރުން ފިލްމުގައި މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެ އެވެ.މަރިޔަމް ހަލީމްއަކީ ލީނާގެ މަންމަ އެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބަ އެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާއިރު ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

ދުނިޔޭގެ ބައެއް އަންހެނުންނަށް ލޯތްބަކީ ފިނިފެން މަލުގެ ދާނަކަށް ވުރެން ފޮނިފޮނި އަރާމް އެއްޗަކަށް ވެގެންދާއިރު އަނެއްބައި މިހުންނަށް ޒަޚަރަށް ވުރެވެސް އެބައިމީހުންގެ ލޯބި ހިތިވެފައި އެހާމެ ވޭންދެނިވި ކަންތައްތަކެއް އޭގައި އެކުލެވިގެން ދެއެވެ. ލޯތްބަށްޓަކައި ދުނިޔެ ދޫކުރާ މީހުންނާއި ތިމާ ދެކެ އެހެންމީހަކުވާ ގަދަފަދަ ލޯތްބެއްގެ ސަބަބުން މި ދުނިޔެ ދޫކޮށްފައި ދާންޖެހޭމީހުން މަދެކޭ ނުބުނެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް