ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 14:23
މައުރީޒިއޯ ސާރީ
މައުރީޒިއޯ ސާރީ
ގެޓީ އިމޭޖަސް
މައުރީޒިއޯ ސާރީ
ޗެލްސީއަށް ވުރެ ނަޕޯލީގައި ހުރިއިރު ޕްރެޝަރު ބޮޑު: ސާރީ
ނަޕޯލީގައި ހުރިއިރު ލެވެލް ހުރިހާ ގޮތަކަށް ވެސް މަތި

ޗެލްސީ އަށް ވުރެ ނަޕޯލީގައި ކޯޗުކަން ކޮށްދިން ދުވަސްވަރު ޕްރެޝަރު ބޮޑު ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ސާރީ ބުނީ، ނަޕޯލީއަށް އޭނާ ކޯޗުކަން ކޮށްދިންއިރު ހުރިހާ ގޮތަކުން ވެސް ލެވެލް މަތި ކަމަށާއި، ކޯޗުކަން ކޮށްދިން ނަޕޯލީއަކީވެސް އިޓަލީގައި ވަރުގަދަ ޓީމެއް ކަމަށެވެ.

އެގޮތުން ސާރީ ބުނީ، ނަޕޯލީއަކީ ބޮޑު ފޭން ބޭސްއެއް އޮތް ވަރުގަދަ ޓީމެއް ކަމަށާއި، އެޓީމުގައި ދުވަސްތައް ހޭދަކުރީ ވަރަށް ޕްރެޝަރުގައި ކަމަށެވެ.

ނަމަވެސް ސާރީ ބުނީ، އިނގިރޭސި ވިލާތުގައި ޓީމްތަކަށް ތަމްރީން ހަދަން އުނދަގޫވާ ކަމަށާއި، އޯގަސްޓް މަހުން ފެށިގެން ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެންޖެހޭ ކަމަށެވެ. އަދި ފަސް މަސް ދުވަހުގެ ތެރޭގައި މެޗެއް ނުކުޅެދަނީ އެންމެ ހަފްތާއެއްގައި ކަމަށް ވެސް ސާރީ ވަނީ ބުނެފައެވެ.

އެ ގޮތުން އޭނާ ބުނީ ކުޅުންތެރިން އަދި ޓީމު ކުރިއަރުވަން އިނގިރޭސި ވިލާތުގައި އުނދަގޫ ކަމަށާއި، ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ޗެލްސީ އޮތީ ކުޅުނު 24 މެޗުން ލިބުނު 47 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. އެ ޓީމު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުގައެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު 24 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފައިވާއިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. ބާކީ ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް