Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 13:35
ސިއްރު ފެންފުށި
ސިއްރު ފެންފުށި
މުހައްމަދު ޝަރުހާން
އިމާރާތަކުން ވެއްޓި މަރުވުން
ސިއްރު ފެންފުށީގެ އިމާރަތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ
މަރުވެފައިވަނީ 22 އަހަރުގެ ފިރިހެނެއް

ސިއްރު ފެންފުށީގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ, މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ 11:30 ގައި ކަމަށާއި, މަރުވެފައިވަނީ 22 އަހަރުގެ ދިވެއްސެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައިވަނީ އިމާރާތުގައި މަސަތްކަތް ކުރަނިކޮށް ވެއްޓިގެންނެވެ. އަދި އޭނާ މަރުވީ ފަރުވާ ދިނުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ހޮސްޕިޓަލުގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
2 ފެބްރުއަރީ 2019 | ހޮނިހިރު 10:38
ނުބުނާން
ހޮސްޕިޓަލަށް ގެންދެވުން އިރު މަރުވެފައިވާ ކަމަށް ވަނީ