ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 14:26
އާސެނަލްގެ ކޯޗު އެމެރީ (ކ) އަދި ސިޓީގެ ކޯޗު ގާޑިއޯލާ (ވ)
އާސެނަލްގެ ކޯޗު އެމެރީ (ކ) އަދި ސިޓީގެ ކޯޗު ގާޑިއޯލާ (ވ)
ގެޓީ އިމޭޖަސް
ގާޑިއޯލާ - އެމެރީ
ގާޑިއޯލާ ފަދަ ތަފާތު ކޯޗެއް ނުދެކެން: އާސެނަލްގެ ކޯޗު އެމެރީ
ގާޑިއޯލާގެ ޓީމު ކުޅޭ ގޮތް ބަލައިގެން ވަރަށް ގިނަ ކަންކަން ދަސްވި

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފަދަ ތަފާތު ކޯޗެއް މިހާތަނަށް ނުދެކޭ ކަމަށް އާސެނަލްގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމެރީ ބުނީ، ވަރަށް ގިނަ ޓީމުތަކާއި، ކޯޗުން އޭނާ އަށް އެނގޭ ކަމަށާއި، ނަމަވެސް ގާޑިއޯ ފަދަ ކޯޗެއް މިހާތަނަށް ނުދެކޭ ކަމަށެވެ.

ގާޑިއޯލާ ފަދަ ކޯޗެއް ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަން ފާހަގަކުރަމުން އެމެރީ ބުނީ އޭނާއަކީ ކެރިޔަރުގައި ގިނަ ކަންކަން ހާސިލްވާ ކޯޗެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެންމެ މޮޅު ކޯޗުން ތެރޭގައި ގުނާލެވޭ ކޯޗެއް ކަމަށް ވެސް އެމެރީ ވަނީ ބުނެފައެވެ.

އެމެރީ ބުނީ، ގާޑިއޯލާ ކެރިޔަރު ބާސާގެ ދެވަނަ ޓީމުން ފެށިއިރު، އޭނާ ކެރިޔަރު ފެށީ ސްޕެއިންގެ ތިންވަނަ ޑިވިޝަނުގައި އޮތް ކަމަށްވާ ލޯކާ އަދި އަލްމީރިއާ އިން ކަމަށެވެ.

އެ ގޮތުން އެމެރީ ބުނީ، ގާޑިއޯލާގެ ޓީމު ކުޅޭ ގޮތް ބަލައިގެން ވަރަށް ގިނަކަންކަން ދަސްވި ކަމަށާއި، އަދި ގާޑިއޯލާ އަންނަނީ ކޮންމެ ޓީމަކާ އެކު މޮޅެތި ކުޅުންތެރިންތަކާ އެކު ކުރިއެރުންތައް ހޯދަމުން ކަމަށެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ރެކޯޑް އަދަދަކަށް ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީން ކާމިޔާބުކުރި އިރު، މި ސީޒަނުގައި މިހާތަނަށް އެޓީމު އޮތީ 56 ޕޮއިންޓާއެކު ފަސް ޕޮއިންޓްގެ ތަފާތަކުން ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 61 ޕޮއިންޓާއެކު ލިވަޕޫލްއެވެ.

ތިންވަނައިގައި 54 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު، ހަތަރުވަނައިގައި އޮތް ޗެލްސީ އާއި ފަސްވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ޗެލްސީގެ މައްޗަށް އާސެނަލް ކުރިހޯދާފައިވަނީ ލަނޑުގެ ތަފާތުންނެވެ. ހަވަނައިގައި އޮތީ 45 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް