Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 12:27
ފަރަށް އެރިދޯނި
ފަރަށް އެރިދޯނި
މުހައްމަދު ޝަރުހާން
ދޯނި ފުންކުރުން
ފަރު މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއް ފަރަށް އަރައިފި
ދޯނި ފަރަށް އަރައިފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ އުތުރުން 4.5 މޭލަށް

ފަރު މަސްވެރިކަމަށް ގޮސް އުޅުނު "މިތުރާ 5" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 22:10 ހާއިރު ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ ޑައިވަރުންގެ ޓީމަކާއެކު ހަރަކާތްތެރިވާން ފަށައިފައި ކަމަށެވެ. ދޯނީގައި ތިބި 13 މީހުން، ރޭ 03:25 ހާއިރު ވަނީ އެމްއެންޑީއެފުން މާލެ ގެނެސްފައެވެ. "މިތުރާ 5" ނަމަކަށް ކިޔާ ދޯނި ފަރަށް އަރައިފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ އުތުރުން 4.5 މޭލަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހާދިސާގައި ފަރަށް އެރި ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތާ ގުޅިގެން ދަނީ ކުރަމުންނެވެ. މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް