Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 23:23
ފާރިސް އަދި ނާދިރާ ވެސް މަޖިލީހުގައި ވާދަކުރައްވާނެ
ފާރިސް އަދި ނާދިރާ ވެސް މަޖިލީހުގައި ވާދަކުރައްވާނެ
ސަން އޮންލައިން
ރައްޔިތުންގެ މަޖިލިސް 2019
ފާރިސް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަނީ
އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުޞަތު ހޯދައިދޭނަން
ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާނެ

މި އަހަރުގެ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މިހާރުގެ މެންބަރު އަޙުމަދު ފާރިސް މައުމޫން މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރަން ނިންމައިފިއެވެ.

މެންބަރު ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހަޟުރަތުން ވާތްގަށް އެދި، އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫނުގެ ތާއީދާއެކު، ގިނަ އަދަދެއްގެ ކެންޑިޑޭޓުން، މަޖިލިސް އިންތިޚާބަށް ވާދަކުރާނެ ކަމަށް އެމްއާރްއެމްއިން މައުލޫމާތުދެއެވެ.

އެގޮތުން އެމްއާރްއެމްގައި އިސްކޮށް މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި އޭނާއަކީ ދާއިރާގެ ރައްޔިތުންގެ އަޑު އަހާނެ މީހެއް ކަމަށާއި، ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައިދިނުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އެމްއާރްއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް