Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 23:21
އެމްޑީޕީގެ މަޖިލިސް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ މަޖިލިސް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
އެޖެންޑާ 19
އެމްޑީޕީ ކެނޑިޑޭޓުންނަށް ރައީސްގެ ނަސޭހަތްޕުޅު: ތެދުބަހުން ވާހަކަ ދައްކަވާ، ފުއްދޭނެ ވައުދުތައް ވެވަޑައިގަންނަވާ!
ކެނޑިޑޭޓުން ރައްޔިތުންގެ އަޑުއެއްސެވުމަށް އިލްތިމާސްކުރެއްވި
ނާކާމިޔާބު ވި ބޭފުޅުންނަކީވެސް ޕާޓީއަށް ވަަރަށް މުހިއްމު ލީޑަރުންތަކެއްކަމަށް ވިދާޅުވި

ވޯޓް ހޯއްދެވުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވައިރު، ތެދު ބަހުން ވާހަކަދެއްކެވުމަށާއި، ފުއްދޭނެ ވައުތައް މެނުވީ ވެވަޑައިނުގަތުމަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު އެމްޑީޕީން މަޖިލިސަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވައިފި އެވެ.

އެމްޑީޕީން 19 ވަނަ މަޖިލީހަށް ކުރިމަތިލައްވާފައިވާ އެންމެހާ ކެނޑިޑޭޓުންނަށް ޓިކެޓް ހާވުލުކުރުމަށް ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހު ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މަޖިލީހުގެ ގޮނޑިއެއް ކާމިޔަބުކުރެއްވުމަށް އޮންނާނީ ދެގޮތެއްކަމަށެވެ. އެއްގޮތަކީ ރައްޔިތުން، ނުވަތަ ޖަމާއަތްތަކާއި ބައްދަލުކޮށް ސީދާ އެރަައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުންކަމަށެވެ. އަދި އަނެއް ގޮތަކީ ރައްޔިތުންގެ ގާތަށް ވަޑާއިގަންނަވާއިރު، ކޮށްދެއްވާނެ ކަންތައް ތަކެއްގެ ވައުދުތަކެއް އޮތުމެވެ.

އެހެންނަމަވެސް އެ ވައުދުތައް ވާންޖެހޭނީ ފުއްދޭނެ ވައުދުތަކަކަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް އޮންނަނީ ދެ މަސައްކަތް. ސީދާ ރައްޔުންނާއި ބައްދަލުކޮށް އަދި ވަކި ވަކިން ޖަމާއަތްތާއި ބައްދަލުކޮށް ކަންކަން ދެނެގަތުން. ދެ އޮތީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ ވައުުދުތަކެއް އޮންނަންޖެހޭ. އެއީ ކޮށްދެވޭނެ ކަންކަމަށް ވާންޖެހޭ. ތެދުބަހުން ވާހަކަ ދައްކަން ޖެހޭނެ" ރައީސް ސާލިހު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަފުޅު ދައްލަވަމުން ރައީސް ސާލިހު ވަނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް އެމްޑީޕީން ފެށުނީއްސުރެވެސް ކުރަމުން އަންނަ މަސަައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި އެމްޑީޕީން އަބަދުވެސް ގެންގުޅޭ ޑިމޮކްރެސީގެ ރީތި ނަމުނާއަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެމްޑީޕީގެ މަޖިލިސް ޓިކެޓް ހަވާލުކުރުމުގެ ހަފްލާގެތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ނުލިބުނު ކެނޑިޑޭޓުންނަށް ވެސް އެމަނިކުފާނު ވަނީ ނަސޭހަތް ދެއްވާފައެވެ. އެގޮތުން ސާލިހު ވިދާޅުވީ، ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ނުލިބުނު ކެނޑިޑޭޓުންނަކީ ނަމޫނާ ލީޑަރުން ތަކެއްގެ ގޮތުގައި އެމްޑީޕީގައި މުހިއްމު ދައުރެއް އަދާކުރައްވާނެ ބައެއްކަމަށެވެ.

"ތީ ޒުވާން ލީޑަރުން. ޕާޓީގައި އެބޭފުުޅުން މުހިއްމު ދައުރެއް އަދާކުރޭނެ. އެއީ ލީޑަރުން.ޑިމޮކްރެސީގައި އެއްބަޔަކު ބަލިވާނެ. އެއްބަޔަކު ކާމިޔާބީއާއި، އަނެއް ބަޔަކު ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭ، އެކަަމަކު ޕްރައިމަރީގައި ހުރިހާބޭފުޅުންވެސް ހޯއްދެވީ ބޮޑު ކާމިޔާބީ އެއް. އެހެންނަމަވެސް ޓިކެޓް ލިބެނީ އޭގެތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ފަރާތް" ރައީސް ވިދާޅުވިއެވެ.

މެންބަރުންގެ ގޮތުގައިި މަޖިލީހަށް ހޮވި ވަޑައިގަތުމަށްފަހުވެސް އަމަލުކުރައްވާނެގޮތާއި ގުޅޭގޮތުން ޚުދު އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ރައީސް ސާލިހުވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ.

މަޖިލީހުގައި އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާގެ އަލިން އިބުރަތް ހާސިލް ކުރުމަށް ގޮވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ، ދެވިދާނެ އެތަށް މަގެއް އޮތް އިރު ކިލަންބުކަމެއް ނެތި ބަރުލަމާނީ ހަޔާތް ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ޒިންމާދާރުކަމާއި އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ދެމި ތިބުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި އެކަންކަމަށް އިންސާފު ހޯދައި ދެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 ފެބްރުއަރީ 2019 | ހޮނިހިރު 03:48
Dhiraasaa
Masveriakah 10000 dhaduveriakah 8000 dheyn bune hoadhi verikan nimidhiyaee veekameh haraam.