Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 22:43
އައްޑޫ ސިޓީ
އައްޑޫ ސިޓީ
މުހައްމަދު ޝަރުހާން
އިމާރާތެއްގެ މަތިން ކުއްޖަކު ވެއްޓުން
ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަ ކުއްޖާ އިތުރުފަރުވާއަށް މާލެ ގެންނަނީ
މޯލްޑިވިއަންގެ ފްލައިޓެއް މިހާރު ދަނީ ދަތުރުކުރަމުން

އައްޑޫގައި ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު 7 އަހަރުގެ ފިރިހެން ކުޑާ މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަންއިން ބުނީ މިކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެއުމަށްޓަކައި މޯލްޑިވިއަންގެ ފްލައިޓެއް ދަތުރުކުރަމުންދާ ކަމަށެވެ. 

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ މަރަދޫ ހެލްތް ސެންޓަރުންގައި ކަމަށެވެ. ކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 1.40 ގައިކަމަށް އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އަލީ މޫސާ ވިދާޅުވިއެވެ.

އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. 

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް