Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 22:15
އެމްޓީޑީގެ މެންބަރުން
އެމްޓީޑީގެ މެންބަރުން
މުހައްމަދު ޝަރުހާން
އެމްޓީޑީ ޕާޓީ
އެމްޓީޑީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި
މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ތާޑްވޭ-ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން ހުޅުވާލައިފިއެވެ.

އެމްޓީޑީން ބުނީ އެޕާޓީގެ ޓކެޓްގައި މަޖިލިސް ތަމްސީލް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފެބްރުއަރީ 1 އަކުން ފެށިގެން ފެބްރުއަރީ 9 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅާ ފޯމް ޕާޓީ އޮފީހުން ހުކުރު ދުވަހުން ފެށިގެން ލިބޭނެ ކަމަށް އެޕާޓީން ބުންޏެވެ.

އެމްޓީޑީއަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީއެކެވެ.

އެމްޓީޑީގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އަންނަނީ ތައްޔާރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް