Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 21:57
އެމްޑީޕީގެ މަޖިލީސް އިންތިހާބުގެ ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާ
އެމްޑީޕީގެ މަޖިލީސް އިންތިހާބުގެ ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާ
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީގެ ޓިކެޓު ރަސްމީކޮށް ހަވާލުކޮށް، މަޖިލީސް އިންތިހާބުގެ ކެމްޕޭން ފަށައިފި
އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ލިބުނު ފަރާތްތަކާއި ރަސްމީކޮށް ޓިކެޓް ހަވާލުކޮށް، މަޖިލީސް އިންތިހާބުގެ ކެމްޕޭން ފަށައިފި އެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ޓިކެޓް ކާމިޔާބުކުރި ފަރާތްތައްކަށް ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައިވާއިރު، ޖަލްސާގައި ކޮންމެ ބޭފުޅަކުވެސް ވަކިވަކިން ތައާރަފްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަލާމް ކުރައްވާފަ އެވެ. 

އެމްޑީޕީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވަނީ ޓިކެޓް ލިބުނު ފަރާތްތައް ވަނީ ގިނަ ކަންތައްތަކަކަށް އިޤްރާރުވެފަ އެވެ. އަދި ހާއްސަ ދުއާއެއްވެސް ކޮށްފައިވެއެވެ. 

އަންން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމައި، ޕާޓީގެ ޕްރައިމަރީ ބާއްވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ފ. ނިލަންދޫ ދާއިރާއެވެ. އެއީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައި ނުވާތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ބާކީ ހުރިހާ ދާއިރާއަކުން ވާދަކުރާނެ ކެންޑިޑުން މިހާރު ވަނީ ކަނޑައަޅާ ނިމިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް އެޕާޓީން ހަމަޖައްސާފައި ވަނީ އަހްމަދު ޝާހިދު (ސާބެ) އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް