Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 18:29
ހިދަތޫ ރީޖަނަލް ހޮސްޕިޓަލް
ހިދަތޫ ރީޖަނަލް ހޮސްޕިޓަލް
ރާއްޖެ އެމްވީ
އިމާރާތެއްގެ މަތިން ކުއްޖަކު ވެއްޓުން
އައްޑޫ ގެއެއްގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި ސީރިއަސް ހާލަތުގައި!
ކުއްޖާގެ ހާލު ސީރިއަސް

އައްޑޫގައި ގެއެއްގެ ދެވަނަ ފަންގިފިލާއިން 7 އަހަރުގެ ފިރިހެން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ މަރަދޫ ހެލްތް ސެންޓަރުންގައި ކަމަށެވެ. ކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 1.40 ގައިކަމަށް އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އަލީ މޫސާ ވިދާޅުވިއެވެ.

"ކުއްޖާގެ ހާލު ސީރިއަސް ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރުން ވިދާޅުވޭ ބޮލަށް ގެއްލުން ވެފައިވަނީ"، އަލީ މޫސާ ވިދާޅުވިއެވެ.

އެ ކުއްޖާއަށް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެ ކުއްޖާ މާލެއަށް ގެނައުމުގެ މަަސައްކަތް ކުރަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

"އާސަންދައިގެ ދަށުން ކުއްޖާ މާލެ ފޮނުވަން ޗާޓަރޑް ފްލައިޓެއް ހަމަޖެހިފައި އޮތީ، އެމސައްކަތް އަޅުގަނޑުމެން މި ކުރަނީ. ވީ އެންމެ އަވަހަކަށް މާލެ ފޮނުވާލާނަން" އަލީ މޫސާ ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް