Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 19:01
ކުރީގެ ރައީސް މައުމޫނު
ކުރީގެ ރައީސް މައުމޫނު
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު އަބްދުލް ގައްޔޫމް
1 ފެބުރުއަރީ، އަނިޔާވެރި ވެރިކަމެއްގެ މައިބަދަ ބިނދުނު ދުވަސް: މައުމޫނު
ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ޔާމީންގެ ސަރުކާރުން ހައްޔަރުކޮށްފައިވައިވާ ނުވަ ސިޔާސީ ލީޑަރަކު މިނިވަންކުރުމަށް އަމުރުކުރި

2018 ވަނަ އަހަރުގެ ފެބުރުއަރީ އެއްވަނަ ދުވަހުގެ ހަނދާންތައް ރައީސް މައުމޫނު އާކުރައްވައިފިއެވެ.

އެ ހަނދާންތައް އާކުރައްވަމުން ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވީ، މީގެ އެއް އަހަރު ކުރިން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު ހުކުމަކީ ވަރަށް ފާހަގަކޮށްލެވޭ ހުކުމެއްކަމަށެވެ. އެ ހުކުމުގައި ޔާމީންގެ ސަރުކާރުގެ މައްޗަށް އަމުރުކުރީ ރާއްޖޭގެ ޑިމޮކްރެސީ ނަގަހައްޓާ، ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށެވެ. އެހުކުމަށް މިއަދަށް އެއް އަހަރު ފުރުނީއެވެ.

ރައީސް މައުމޫނު ވިދާޅުވި ގޮތުގައި އެ ދުވަހުގެ ހުކުމަކީ، ވަރަށް ތާރީޚީ ހުކުމެއްކަމަށެވެ. ރައީސް މައުމޫނު އެ ދުވަސް ސިފަކުރެއްވީ އަނިޔާވެރި ވެރިކަމެއްގެ "މައިބަދަ" ހަލާކުވެގެން ދިޔަ ދުވަސްގެ ގޮތުގައެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ޔާމީންގެ ސަރުކާރުން ހައްޔަރުކޮށްފައިވައިވާ ނުވަ ސިޔާސީ ލީޑަރަކު މިނިވަންކުރުމަށް އަމުރުކުރިއެވެ.

ސަލާމަތީ ބާރުތަކުން އެ ހުކުމް ތަންފީޒުކުރަން މަސައްކަތްކުރުމުން، ރައީސް އަބުދުﷲ ޔާމީންނަށް ގޮތް ހުސްވެވަޑައިގެން ފެބުރުއަރީ 5 ވަނަ ދުވަހު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ހުކުމް ނެރުނު ފަނޑިޔާރުންގެ ތެރެއިން އޭރުގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރެޓަ ހަސަން ސައީދު ހައްޔަރުކުރިއެވެ. އެބޭފުޅުން ހައްޔަރު ކުރީ ސިފައިންލައްވާ ބާރުގެ ބޭނުންކޮށްގެން ސްޕްރީމް ކޯޓަށް ގަދަކަމުން ވަދެގަނެގެންނެވެ.

ހައްޔަރުކުރި ހުރިހާ ފަރާތްތައް ދޫކޮށްލީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވި ރިޔާސީ އިންތިޚާބުން ވެރިކަމުގައި ހުންނެވި ރައީސް އަބުދުﷲ ޔާމީން މައްޗަށް އިބުރާހިމް މުހައްމަދު ސާލިހު ކުރިހޯއްދަވާ އިންތިޚާބު ކާމިޔާބުކުރެއްވިފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް