ކ. މާލެ
|
15 ފެބްރުއަރީ 2017 | ބުދަ 14:04
އެލްޓީ އާއި ޔޫއެން ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެލްޓީ އާއި ޔޫއެން ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ދެވަނަ އެމްބީއޭކަޕް
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް
މުބާރާތުގެ އަންހެން ބައިގައި ވާދަކުރާނީ 3 ޓީމް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ އެމްބީއޭ ކަޕްގައި ޔޫއެން ފްރެންޑްސްގެ މައްޗަށް އެލްޓީ ސްޕޯޓްސް ކްލަބް ކުރިހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޔޫއެންއާ ވާދަކޮށް އެލްޓީން މެޗު ކާމިޔާބުކުރީ 73 ޕޮއިންޓް 31 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލްޓީ އަށް 12 ޕޮއިންޓް ހޯދައިދިން އިބްރާހިމް އިސްރާފީލް ނައުފަލްއެވެ.

މެޗުގައި ޔޫއެން ފްރެންޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަބްދުލް ސައްތާރު ހިލްމާންއެވެ. އޭނާ ވަނީ އެޓީމަށް ފަސް ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގައި ހަ ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި ހަތަރު ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ ތިން ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް