Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 16:43
ހުކުރު މިސްކިތް
ހުކުރު މިސްކިތް
މިހާރު
ހުކުރު ހުތުބާ
ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމުގައި ފަރުވާ ކުޑަކޮށްގެން ނުވާނެ: ޚުތުބާ
ގަޟާގަދަަރަށް އީމާން ނުވާ މީހާ އިސްކުރާނީ އަމިއްލަ މަސްލަހަތު

ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ކަމަށާއި މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުން ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން" މައުޟޫއަށް ބިނާކޮށްފައިވާ ހުތުބާގައި ބުނެފައިވަނީ އިސްލާމީ ރަނގަޅު އަގީދާގެ ސަބަބުން އިންސާނާއަށް މެދުވެރިވިކަންތައްތަކުގައި ކަންބޮޑުވުމާއި،ހިތް ނުތަނަވަސް ވުމުގެ އިތުރުން މާޔޫސް ވުންފަދަ ކަންތައްތަކުން ސަލާމަތް ކޮށްދޭ ކަމަށާއި މިކަންތައްތަކުން ސަލާމަތް ވަނީ ގަޟާގަދަރަށް އީމާންވާތިކަމަށެވެ . ހުތުބާގައި ބުނެފައިވަނީ ސައްހަ އަގީދާގެ ވެރިޔަކަށް ނުވާނަމަ ހިތްހަމަޖެއްސުމައްޓަކައި އިސްލާމް ދީނާ ހިލާފު ކަމެއް ކުރެވޭތޯ ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވަކަމަށެވެ.

"މީހަކު ސައްހަ ރަނގަޅު އަގީދާއެއްގެ ވެރިޔަކަށް ނުވާނަމަ އެ މީހަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ހިތްހަމަޖެހުން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެމީހަކު އުޅެންޖެހޭނީ އަބަދުވެސް ހިތްހަމަ ޖެއްސުމައްޓަކައި އިސްލާމް ދީނާއި ހިލާފު ކަމެއް ކުރެވޭތޯއެވެ."

މީގެ އިތުރުން ހުތުބާގައި ވަނީ ގަޟާގަދަރަށް އީމާން ނުވުމުގެ ސަބަބުން ކުރިމަތިވާ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާފައެވެ. އެގޮތުން ގަޟާ ގަދަރަށް އީމާން ނުވާ މީހާ އަބަދުވެސް އެހެން މީހަކަށް ވިސްނާލުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު އިސްކުރުމުގެ އިތުރުން އަމިއްލަ ފުރާނައަށް ގެއްލުންދީ ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅިގެންދާ ކަންތައްތަކަށް އަރައިގަންނާނެ ކަމަށް ހުތުބާގައި ވެއެވެ. މީގެ އިތުރުން މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކޮށްގެން ޣައިރު މުސްލިމުން ކެނޑިނޭޅި އުފައްދާ ޝުހުބަތްތަކާއި ޝައްކުތަކުގެ ޝިކާރައަކަށް ކުދިން ވެދާނެތީ ބެލެނެވެރިން ދަރިންނަކީ ދީނުގެ ފުރިހަމަ މައުލޫމާތާއި އިސްލާމީ އަގީދާގެ ރިވެތި އުސޫލު ދަންނަ ބައެއްގެ ގޮތުގައި ހެދުމަކީ މުހިންމުކަމެއްކަމަށް ހުތުބާގައި ވެއެވެ.

ދުނިޔަވީ ގޮތުން ބޭނުންވާ މާއްދާތައް ކިޔަވައި ދިނުމައްޓަކައި ގާބިލް ބޭފުޅުން ސުކޫލަށް ގެނައުމުގެ އިތުރުން ދަރިންގެ ސިކުނޑި ހުޅުވައި ދިނުމައްޓަކައި ތަފާތު ހަރަކާތް ހިންގާ ވާހަކަ ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ރަނގަޅު ޖީލެއް ބިނާކުރުމަށް އިސްލާމީ އަގީދާގެ އީމާންކަމުގެ އަސާސު ބޭނުންވާކަމަށާއި އެ ހުރިހާ ކަމެއް ކުރާއިރު އިސްލާމީ އަގީދާގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަކީ ނުކުރެވޭ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް