ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 12:27
ބާ ބީއާރް ލޯންޗްކުރުމުގެ ހަފްލާގެ ތެރެއިން
ބާ ބީއާރް ލޯންޗްކުރުމުގެ ހަފްލާގެ ތެރެއިން
ޓްވިޓަރ
ސްވިމިންގ
ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބ. އަތޮޅުގައި 43 ކިލޯމީޓަރުގެ ފެތުމެއް!.
ބ.އަތޮޅުގައި 43 ކިލޯމީޓަރުގެ ބޮޑު ފެތުމެއް ބޭއްވުމަށް ނިންމުން
"ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019 " މިމަހުގެ 28 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގައި އިފްތިތާހު ކުރުން

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އަތޮޅުގައި 43 ކިލޯމީޓަރުގެ ފެތުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ސްވިމް މޯލްޑިވްސުން އިސްނަގައިގެން ކުރިއަށް ގެންދާ "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019 " ވަނީ މިމަހުގެ 28 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގައި އިފްތިތާހު ކޮށްފައެވެ.

ބާ ބީއާރް ކްރޯލްއާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސްވިމް މޯލްޑިވްސްގެ ފަރާތުން މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ ބ. އަތޮޅު އޭދަފުށިން ފެށިގެން ކެންދޫއާ ހަމަޔަށް ކުރި ގެންދާ މި ހަރަކާތަކީ ދިގު ފެތުމުގެ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިއައް ދާނީ ޓުއާއެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ މި ހަރަކާތް ކުރިއަށް ދާއިރު ފަސް ކިލޯ މީޓަރުގެ ބްރޭކްތަކެއް ދެވޭނެ ކަމަށާއި، ހަތް ދުވަހަށް ބަހާލެވިގެން ކުރިއަށް ގެންދާ ފެތުމުގެ މި ހަރަކާތް އެންމެ ފުރަތަމަ ދުވަހު ފެށިގެން ދާނީ އޭދަފުށިން ސޮނެވާފުއްޓަށެވެ. އެގޮތަށް ފަތަމުން ގޮސް ޖުމްލަ އަތޮޅުގެ 23 ރަށަކަށް ފަތާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބާ ބީރް 2019" އިފްތިތާހް ކުރުމުގެ ތެރެއިން

ގައުމީ ފެންވަރުގެ ފެތުންތެރިޔެއް ހިމެނޭ ގޮތަށް މި ހަރަކާތުގައި އަށް ފެތުން ތެރިޔަކު ބައިވެރިވާނެއެވެ. މި ހަރާކާތް ފެށޭނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 ގައެވެ. އަދި ނިންމަން ހަމަޖެހިފައިވަނީ 12:00 ގައެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަކީ ގުދުރަތީ ރީތި މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުމާއި، ރާއްޖެއަކީ ފެތުމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ދައްކުވައި ދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް، މޫދުގެ ކުޅިވަރުތައް ރައްޔިތުންގެ ތެރޭގައި ދިރުވާ އާލާ ކުރުމަކީވެސް އެ ހަރަކާތުގެ މަގްސަދެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ސްވިމް މޯލްޑިވްސް، ޓުއަރިޒަމް މިނިސްޓްރީ، އެންވަޔަރަމެންޓް މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީ ގުޅިގެން ކުރެއަށް ގެންދާ މި ހަރަކާތް ސްޕޮންސާ ކޮށްފައި ވަނީ އެމްޓީސީސީންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް