Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 08:48
މިއަދުގެ ދުވުމުގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި
މިއަދުގެ ދުވުމުގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި
ރައީސް އޮފީސް
ޒީރޯ ޕްލާސްޓިކް ދުވުން
ޒީރޯ ޕްލާސްޓިކް ދުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފި
ދުވުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުކުރު ދުވަހު ހެނދުނު އޮތް "ޒީރޯ ޕްލާސްޓިކް" ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި ކެބިނެޓްގެ ބައެއް ބައެއް މިނިސްޓަރުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ދުވުމުގެ ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ދައުލަތުގެ ބައެއް ވެރިންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ހުޅުމާލޭގައި ބޭއްވި މި ހަރަކާތް އިންތިޒާމްކުރީ އައި.ސީ.އެސް ޕްރައިވެޓް ލިމިޓެޑްއިންނެވެ. 

ރައީސް އޮފީހުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ އަމާޒަކީ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ  ޕްލާސްޓިކް މަދުކުރުން ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް