Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 02:16
ހއ. ހޯރަފުށި
ހއ. ހޯރަފުށި
ޓްވިޓަރ
ހޯރަފުށީ އެއާޕޯޓް
އެއާޕޯޓްގެ މަސައްކަތަށް އެމްޓީސީން ހުކުރު ދުވަހު ހޯރަފުއްޓަށް!
ކުރިންވެސް ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓް ހަވާލުކުރީ އެމްޓީސީސީއާ

ހއ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ހުކުރު ދުވަހު ހޯރަފުއްޓަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓް އަހުމަދު ސަލީމް ވިދާޅުވެއްޖެެއެވެ.

 

ސައްލެގެ ކެމްޕެއިން ހަރަކާތްތައް ފެއްޓުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެއާޕޯޓްގެ ހުވަފެން ދެކިދެކި ރައްޔިތުން އެއްގޯސްވެފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ ވާހަކަ ދެއްކިއަސް އެކަން ގަބޫލުކުރާ ރައްޔިތަކުވެސް އެ ސަރަހައްދުގައި ނެތް ކަމަށް ސައްލެ ވިދާޅުވިއެވެ.

"އެހެންނަމަވެސް ދަންނަވަންތޯ. މާދަމާ ހޯރަފުއްޓަށް އަންނާނެ. އަދި ސަރުކާރުގެ އުމުރުން ތިންމަސް ނުފުރޭ" ސައްލެ ވިދާޅުވިއެެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެތަށް ފަހަރަކު އަޅައިދޭން ވައުދުވި ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ވެރިކަމުގެ 5 އަހަރު ނިމުނު އިރުވެސް އޮތީ ކުރިއަށް ނުގެންދެވިކަން ސައްލެ ފާހަގަކުރެއްވިއެެވެ.

ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓް ބޮޑު ބަދަލަކާ އެކު އަލުން ފަށަން މި ސަރުކާރުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓް މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާގައި ވާއިރު، މިފަހަރު އެއާޕޯޓް އަޅަން ނިންމާފައިވަނީ ހޯރަފުށީ ފަޅު ހިއްކައިގެންނެވެ. އުނގުލުފިނޮޅު އޮންނަ ދިމާލުން ހޯރަފުށީ ފަޅު ހިއްކާއިރު އެއާޕޯޓާއި އެ ރަށާ ގުޅާލަން ހަމަޖެހިފައިވަނީ ކޯޒްވޭ އަކުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އެމްޓީސީސީ އާ އެކު މި ފަހަރު އެއްބަސްވާނީ ބިން ހިއްކުމުގެ އިތުރުން އެއާޕޯޓް ރަންވޭ އާއި ޓާމިނަލްވެސް އެ ކުންފުނިން އިމާރާތް ކުރާ ގޮތަށެވެ. އަދި އެ މަސައްކަތް އެމްޓީސީސީ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމާނެއެވެ.

މި އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ހިމަނާފައިވަނީ 90 މިލިޔަން ރުފިޔާއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް 80.4 މިލިޔަން ރުފިޔާ ހިމަނާއިރު، 2021 ވަނަ އަހަރު އެ ޕްރޮޖެކްޓަށް ނުވަ މިލިޔަން ހިމަނަން ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
1 ފެބްރުއަރީ 2019 | ހުކުރު 04:15
މުހައްމަދު1283
madhamaa MTCC gosa kuraani kon Kames tho? amalee sifayehga siyseegothun kada jahanee.. EIA report eh nei hadhaafa eh? hama buneveyni inthihaabah kada jahan kamakah kameh kuranee ey.. Ibu Solih vi vudheh Salle ves thi vaneee?? Airport ge huvafen dhahkai vote hoadhan