Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 23:04
ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖެޓީވީގެ ނޫސްވެރިން ހިމޭން އިޙުތިޖާޖެއް ކުރަނީ
ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖެޓީވީގެ ނޫސްވެރިން ހިމޭން އިޙުތިޖާޖެއް ކުރަނީ
މުހައްމަދު ޝަރުހާން
އަބުރުފުޅު ފަންޑު
ރާއްޖެޓީވީގެ މައްސަލާގައި އެމްއެމްސީއިން ނިންމި ނިންމުން ރަނގަޅު: ސިވިލް ކޯޓް
މައްސަލަ ކުރިއަށް ގެންދިޔައިރު ރާއްޖޭޓީވީއަށް ނިސްބަތްވާ އެމްއެމްސީގެ މެންބަރުގެ ބަހާއި ވޯޓު ނުހިމަނާ

ނޫސްވެރިކަމުގެ އެވޯޑް ދިނުމަށް 2017 ވަނަ އަހަރު ބޭއްވި ހަފްލާގައި ރާއްޖެޓީވީ ނޫސްވެރިން 'އަބުރުފުޅު ފަންޑު' ހިފައިގެން ތިބި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. 

އެމްއެމްސީއަށް މިމައްސަލަ ހުށަހެޅުމުން، އެމައްސަލަ ނުބެލުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި މިނިންމުން ނިންމީ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ދެކެވުނު ވާހަކައިގައިވެސް އަދި އެއަށްފަހު ނެގި ވޯޓުގައިވެސް އެމްއެމްސީގެ މެންބަރުކަން ކުރައްވާ ރާއްޖެޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފްގެ ބަހާއި ވޯޓު ހިމަނާފައެއް ނުވެއެވެ.

ސިވިލް ކޯޓަށް މިމައްސަލަ ހުށައެޅުމާއި ގުޅިގެން ބުރާސްފަތި ނެރުނު ހުކުމްގައި ބުނީ މިމައްސަލާގެ ނިންމުން ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު ގެ 16 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި، އެމާއްދާގެ (ށ) އަދި (ނ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދުގެ 32 ވަނަ މާއްދާ އަދި އެމްއެމްސީގެ ބައްދަލުވުންތައް ގެންދާ އުސޫލުތަކާވެސް އެއްގޮތަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ސިވިލްކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި މިހުކުމުގައި ބުނެފައިވަނީ މީޑިއާ ކައުންސިލުން 18 އޮކްޓޫބަރު 2017 ގައި ކައުންސިލް ޖަލްސާގައި ނިންމާފައިވާ ނިންމެވުމަކީ ބާތިލް ނިންމެވުމެއް ކަމަށް ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް