Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 20:35
ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ވަގުތު.އެމްވީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ރަޖިސްޓްރީކޮށްދީފި
އެޕާޓީ ރަޖިސްޓްރީ ބުރާސްފަތި ދުވަހުގެ ރޭ ހަވާލުކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައިގެން އުފެއްދި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓަރީ ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީން އެ ޕާޓީގެ ރަޖިސްޓްރީ ބުރާސްފަތި ދުވަހުގެ ރޭ ހަވާލުކުރާނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ގުޅިގެން އެޕާޓީގެ އިސްބޭފުޅުން ތަކެއް ވަކިވެވަޑައިގެން އުފެއްދި ޕީއެންސީ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވީ، ހުށަހެޅި ފޯމުތަކުގައި ސައްހަ ނޫން މައުލޫމާތު ހުރުމާއި، އެ ޕާޓީ އުފައްދަން ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ހުށައެޅުމާއި ގުޅިގެން ކަމަށް އީސީން ބުނެއެވެ. މިމައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ސައުވީސް ގަޑިއިރު މަޖިލީސް ހުޅުވަން ޖެހުނަސް ޕީއެންސީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.

ޕީއެންސީއަށް ދިމާވި މައްސަލަ ބެލުމަށް އީސީން އެކުލަވައިލި ކޮމިޓީން ބުނެފައިވަނީ އެޕާޓީ އުފެއްދުމަށް ޕީޕީއެމްގެ ވަސީލަތްތައް ބޭނުންކޮށްފައި ވިޔަސް ހުއްދަ ހިފެހެއްޓެން ނެތް ކަމަށާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް ގެޒެޓްކުރީ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ފަހުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް