Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 20:41
ރައީސް ނަޝީދަށް ހޯރަފުށިން ހޫނު މަރުހަބާއެއް ދެންނެވި
ރައީސް ނަޝީދަށް ހޯރަފުށިން ހޫނު މަރުހަބާއެއް ދެންނެވި
މުހައްމަދު ޝަރުހާން
އަހުމަދު ސަލީމް- ސައްލެ
ހޯރަފުށިން ނަޝީދަށް ދެންނެވި މަރުހަބާ ދޭހަކޮށްދެނީ، ހިތާއި ހިތުގެ ގުޅުން: ސައްލެ
މިރޭ ހއ. އަތޮޅުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ޕްރީ ކެމްފެއިން ނަޝީދު އިފްތިތާހުކޮށްދެއްވާނެ

ހޯރަފުށިން ނަޝީދަށް ދެންނެވި މަރުހަބާ ދޭހަކޮށްދެނީ "ހިތާއި ހިތުގެ ގުޅުން" ކަމަށް ހޯރަފުށި ދާއިރާ އިން އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންފައިވާ ހޯރަފުށީ އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހއ. އަތޮޅުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ޕްރީ ކެމްފެއިން ލޯންޗިން އިފްތިތާހުކޮށްދެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހޯރަފުއްޓަށް ވަޑައިގަންނަވަމުން ބުރާސްފަތި ދުވަހު ސައްލެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯރަފުށިން ރައީސް މުހައްމަދު ނަޝީދަށް މިއަދު ދެންނެވި ހޫނު މަރުހަބާ އިން ހާމަކޮަށްދެނީ، އެމަނިކުފާނާއި ހޯރަފުއްޓާ ދެމެދު އޮތް "ހިތާއި ހިތުގެ ގުޅުން" ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ސަގާފީ ބޮޑުބެރާއި އެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ޖަޒީރާ ރާއްޖެ ކޮންސެޕްޓާއި އެއްގޮތް ހަރަކާތްތަކެއް އެރަށުގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ދައްކާލާފައެވެ.

Caption

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހއ. އަތޮޅުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ޕްރީ ކެމްފެއިން ލޯންޗިން ޝަރަފުވެރިކޮށްދެއްވާ އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ ފެށޭނީ، ބުރާސްފަތި ދުވަހުގެ ރޭ 20:10 ގައެވެ. މި ޖަލްސާގައި ހއ. އަތޮޅުގެ އެމްޑީޕީގެ ދާއިރާތަކުގެ ކެންޑިޑޭޓުންނާއި، ސައްލެ ވެސް ވާހަކަފުޅު ދައްކަވާނެއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް