ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 20:42
ހެރީ ކޭން
ހެރީ ކޭން
ގޫގުލް
ހެރީ ކޭން
ހެރީ ކޭން މި ސީޒަން ނިންމާލާނީ ޓޮޓެންހަމްގައި
ކޭންގެ އެއްބަސްވުން ހަމަވާނީ 2024 ގައި

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިނގިރޭސި ކެޕްޓަން ހޭރީ ކޭން މި ސީޒަން ނިންމާލާނީ އެ ކްލަބުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކޭން ޓޮޓެންހަމްގައި ބެހެއްޓުމަށް އެ ކްލަބުން ވަނީ މި ޖެނުއަރީ ޓްރާންސްފާގައި ބުރަ މަސައްކަތެއް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޮޓެންހަމްއިން ބޭނުން ވަނީ މި ސީޒަނުގައި އެ ކްލަބުގައި ކޭން ބެހެއްޓުމަށެވެ. އަދި އެ ކްލަބުން ދެކޭ ގޮތުގައި ކޭންއަކީ މުހިންމު ކުޅުންތެރިޔެކެވެ.

ޓޮޓެންހަމްއާ އެކު ކޭން ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު ވަނީ އާކޮށްފައެވެ. އެގޮތުން އޭނާ އެ ކްލަބާ އެކު ހެދި އާ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ޖެހޭނެއެވެ. 

ދާދި ފަހުން ސްޕޯޓް ބިލްޑްއަށް ދިން އިންޓަވިއުއެއްގައި ކޭން ބުނީ ޓޮޓެންހަމްގައި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި، މުޅި ކެރިޔަރު އޭނާ ހޭދަކުރަން ބޭންވަނީ އެ ކްލަބާއެކުގައިކަމަށެވެ.

ކޭން މިހެން ބުނެފައިވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރުވެއްޖެއެވެ. މި ޖެނުއަރީ ޓްރާންސްފާގައިވެސް ކޭން ހޯދުމަށް ރެއާލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓޮޓެންހަމް އިން ކެރިޔަރު ފެށި އުމުރުން 24 އަހަރުގެ ކޭން ވަނީ މިހާތަނަށް މި ސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު 36 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހޭދަކުރި ނުވަ ސީޒަނުގައި ކުޅުނު ޖުމްލަ 201 މެޗުން 134 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކޭން ވަނީ މިދިޔަ އަހަރު އިންގްލޭންޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މީގެ އިތުރުން ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް