Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 07:46
ރެހެންދި ފްލެޓްތައް: ބޯހިޔާވަހިކަމުގެ ދަތިކަމަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް
ރެހެންދި ފްލެޓްތައް: ބޯހިޔާވަހިކަމުގެ ދަތިކަމަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް
އަޒުމޫން އަހުމަދު
ބޯހިޔާވަހިކަން
''ހައުސިން އެސަސްމެންޓް''ގެ 80 ޕަސެންޓް ފުރިހަމަ ކޮށްފި
އަތޮޅު ތެރެއިން 49، މާލެއިން 67 އިންސައްތަ ވަނީ ފުރިހަމަ ކޮށްފައި
މިމަސައްކަތް ކުރަނީ ކައުންސިލްތަކާއި ގުޅިގެން

ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ މިންވަރާއި ހާލަތު ދެނެގަތުމަށް ހަދަމުންދާ ''ހައުސިން އެސަސްމެންޓް''ގެ 80 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

''ހައުސިން އެސަސްމެންޓް''އާ ބެހޭ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު ބެލުމަށް ކައުންސިލްގެ އެހީތެރިކަމާއެކު ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މި ދިރާސާގެ 80 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

ޝާމިން ވިދާޅުވީ އަތޮޅުތެރޭގައި އެ ދިރާސާ ހަދަނީ ކައުންސިލްތަކާއި ގުޅިގެން ކަމަށާއި، އަތޮޅުތަކުގައި 49 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. 

ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު އެނގޭނީ މިކުރެވޭ ދިރާސާގެ އަލީގައި ކަމަށާއި، މިއެސެސްމެންޓާއެކު އެރަށަކަށް، ނުވަތަ އެބަޔަކަށް އެންމެ އެކަށީގެންވަނީ ފްލެޓްތޯ ނުވަތަ ގެދޮރު ހެދުމަށް ރަށުން ގޯތި ދޫކުރުންތޯ ސަރުކާރުން ނިންމާނެ ކަމަށް ޝާމިން ވިދާޅުވި އެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް