ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 08:05
އާމިރު ޚާން އާއި ޖުނައިދް ޚާން
އާމިރު ޚާން އާއި ޖުނައިދް ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްކްރީން ޓެސްޓުން ފާސްވުމުން ނޫނީ ދަރިފުޅަށް ފިލްމެއް ނުކުޅެވޭނެ: އާމިރު
ސްކްރީން ޓެސްޓަކީ އަބަދުވެސް ގަބޫލުކުރާ އެއްޗެއް ކަމަށް އާމިރު ވަނީ ބުނެފައި

އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން ބޮލީވުޑަށް ނެރެން ރަނގަޅު ސްކްރިޕްޓަކަށް ބަލަމުން އަންނަ ކަމަށާއި ނަމަވެސް ސްކްރީން ޓެސްޓުން ފެއިލްވެއްޖެ ނަމަ އޭނާ އެކްޓަރެއްގެ ގޮތުގައި ނުފެންނާނެ ކަމަށް އާމިރު ބުނެފިއެވެ.

އާމިރު ބުނެފައިވަނީ ޖުނައިދު 26، އެކްޓް ކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި އޭނާ ވަނީ އެކްޓިންގެ ދާއިރާއިން ޓްރެއިންނިން ހޯދާފައި ކަމަށެވެ.

އޭނާ ފިލްމު ކުޅެން ބޭނުންވާތީ އާއިލާ އިން އެކަމަށް އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ސްކްރީން ޓެސްޓަކީ އަބަދުވެސް ގަބޫލުކުރާ އެއްޗެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ޖުނައިދު ވަނީ 2009 ވަނަ އާމިރު ޚާން ކުޅެފައިވާ ކާމިޔާބު ފިލްމެއް ކަމަށްވާ "ތްރީ އިޑިއަޓްސް" ގައި ޑައިރެކްޓަރު ރާޖްކުމާރް ހިރާނީއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ޖުނައިދަކީ އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ރީނާ ދައްތާ އާއި އާމިރަށް ދެން ލިބިފައިވާ ދަރިއަކީ އިރާ ހާން، 22، އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް