Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 01:29
ރައީސް ސޯލިހު ނޮޅިވަރަންފަރު ކައުންސިލް މެމްބަރުންނާއި އެކު
ރައީސް ސޯލިހު ނޮޅިވަރަންފަރު ކައުންސިލް މެމްބަރުންނާއި އެކު
ރައީސް އޮފީސް
ހދ. ނޮޅިވަރަންފަރު
ނޮޅިވަރަންފަރު ކައުންސިލް މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި
ކައުންސިލުގެ މެމްބަރުން ވަނީ ރަށަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސް ސޯލިހުއާއި ހިއްސާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހދ. ނޮޅިވަރަންފަރު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސް ސޯލިހާ ހިއްސާ ކުރައްވައިފައެވެ.

މީގެ އިތުރުން ކައުންސިލު މެންބަރުން ވަނީ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެ މަސައްކަތް ކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވައިފައެވެ. އަދި ރަށުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން ރައީސް ސޯލިހު އަރިހު އެދި ވަޑައިގެންނެވިއެވެ.

ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. ނޮޅިވަރަންފަރު ކައުންސިލު މެންބަރުން ވަނީ އެރަށަށް ބަދަލުކުރެވިފައިވާ އެހެން ރަށްރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އެމީހުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެ ދިނުމަށް ވެސް ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

ކައުންސިލްގެ މެމްބަރުން ވަނީ ރައީސްއާއި ބައްދަލުކުރައްވަން ފުރުސަތު ދެއްވީތީ، ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހުއާ ކައުންސިލުން ބައްދަލުކުރިއިރު، އެ ރަށުން އެމްޓީސީސީއިން ކުރަން ހުރި މަސައްކަތްތަށް ނުނިންމާ ފުރަން އުޅުމުން ވަނީ މައްސަލަ ބޮޑުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް