Advertisement
ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 18:48
އެމްޑީޕީން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވައި ބަލިވި އަބްދުﷲ ޖާބިރު
އެމްޑީޕީން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވައި ބަލިވި އަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
އަބްދުﷲ ޖާބިރު
ޕްރައިމަރީން ބަލިވާ ފަރާތްތަކަށް ވާދަނުކުރެވޭ ގޮތަށް އޮތް ގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޖާބިރު
އެ ގާނޫނު ބާތިލްކުރަން މަޖިލީހަށް ވެސް ވަނީ އިސްލާހެއް ހުށަހަޅާފައި

ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް ވާދަކުރުން މަނާކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެކަން ބަދަލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅުއްވާނެ ކަމަށް އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބީޔާ ކުރިމަތިއްލައްވަން ޖެހިވަޑައިގަތް އަބްދުﷲ ޖާބިރް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސުޕެޝަލް އެންވޯއީގެ މަގާމުގައި ވެސް ހުންނެވި ޖާބިރު މިހެން ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ޖާބިރު ވިދާޅުވީ، ކާށިދޫ ދާއިރާގެ އެއްވެސް ރައްޔިތަކު މަޔޫސްވުމަށް އޭނާ ނޭދޭ ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

 

ޖާބިރު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.  

އެ ގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވި އިރު އެ ގާނޫނު ބާތިލްކުރުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވެސް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ޕްރައިމަރީގައި ބަލިވުމަކުން އެއްވެސް ބޭފުޅަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށަހަޅާފައިވާ ޤާނޫނު ފާސްވުމުން އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް އެ އިސްލާހު ހުށައެޅުއްވި ޖޭޕީގެ މެންބަރު ލަތީފު މި މަހުގެ 21 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެންބަރަކަށް އެހެން ހައިސިއްޔަތަކުން ވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ޤާނުނަށް ގެނައި އިސްލާހު އުވާލަން މަޖިލީހަށް ލަތީފް ހުށަހަޅުއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.  އެ އިސްލާހު އޮތީ ކޮމިޓީ މަރުހަލާގައެވެ. އޭނާ ފަހުން ވަނީ ގާނޫނުއަސާސީ އަށް ވެސް އެ އިސްލާހު ހުށަހަޅުއްވާފައެވެ. ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ޕީޕީއެމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 ޖެނުއަރީ 2019 | ބުދަ 16:35
ކޮމެންޓް
އެއްވެސް މައްސަލައެއް ނެތް. ހަމަ ކުރިމަތިލާންވީ. އެމްޑީޕީ ޕްރައިމަރީގައި ވަރަށް މަކަރު ހެދި