Advertisement
ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 15:36
އެމްއެންޑީއެފް ކޯސްޓް ގާޑް
އެމްއެންޑީއެފް ކޯސްޓް ގާޑް
ގޫގުލް
މީހަކު ގެއްލުން
ޑައިވިންގް އަށް ފޭބި ފަތުރުވެރިއެއް ގެއްލިގެން ހޯދަނީ
ގެއްލިފައިވަނީ ފިރިހެނެއް

ޑައިވިން އަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުދަ ދުވަހުގެ މެންދުރު 13:33 ހާއިރު ކަމަށާއި ގެއްލިގެން އުޅެނީ ފިރިހެނެއްކަމަށެވެ. 

ނޯރތްލެސް ކްރޫޒާރ 2 ނަމަކަށް ކިޔާ ސަފާރީއަކުން ވ.އަލިމަތަ އުތުރު ކަނޑު އޮޅިޔަށް ޑައިވިންގް އަށް ދިޔަ ފަތުރުވެރިޔާ ހޯދުމުގެ މަސަތްކަތް މާލެ އޭރިއާ ކޯސްޓް ގާޑުން ކުރަމުން އަންނަކަމަށެވެ. ފަތުރުވެރިޔާ ނިސްބަތް ވާ ގައުމު ހާމަކުރެވެން ނެތްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ދަނީ ކަނޑުމަތީގެ ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް