Advertisement
ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 09:57
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
ޓްވިޓަރ
އިލެކްޝަން ކޮމިޝަން
މަޖިލީސް އިންތިޚާބާއި ގުޅިގެން އީސީން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ގައުމީ ކޮމްޕްލައިންސް ބިއުރޯ އުފައްދައިފި
ގިނަ ފަރާތްތަކުން ވޯޓު ލުމުގައި ބައިވެރިވުމަށް އިލެކްޝަންްސްސް ކޮމިޝަނުން އެދިފައިވޭ
ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީ ބާއްވާފައި ވަނީ ދެ ޕާޓީއަކުން

ގައުމީ ކޮމްޕްލައިންޓްސް ބިއުރޯއެއް އުފައްދައި ޝަކުވާ ހުށައެޅޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ގާއިމް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ  އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ގައުމީ ކޮމްޕްލައިންސް ބިއުރޯ އުފައްދައި ޝަކުވާ ހުށައެޅޭނެ އިންތިޒާމް ގާއިމް ކޮށްފައިވާ ކަމަށެވެ.

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޝަތު މިދިޔަ ހޯމަ ދުވަހު ހުޅުވާލާފައިވާއިރު އެ ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ މަޖިލީސް އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އިދާރީ ހުރިހާ މަސައްކަތްތަކެއް ނިމިފައި ވާކަމަށެވެ.

މީގެ އިތުރުން އީސީގެ ނައިބް ރައީސް އަމްޖަދް މުސްތަފާ ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށާއި އަދި ފަސޭހަ ކަމާއިއެކުގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިތުރަށް ފަސޭހަކަމާއި އެކު އަދި ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތައް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު މި ދިޔަ ހޯމަ ދުވަހަށް ހަމަވެފައިވާއިރު  ޕްރައިމަރީއެއް ބާއްވައިފައިވަނީ އެމްޑީޕީންނާއި އަދާލަތު ޕާޓީންނެވެ. އެމްޑީޕީ ބޮޑު ޕްރައިމަރީއެއް ބާއްވައި 86 ކެނޑިޑޭޓަކު ހޮވާފައިވާއިރު، އަދާލަތު ޕާޓީން ވަނީ 13 ދާއިރާއަކަށް ވާދަކުރާނެކަން އިއުލާން ކޮށްފައެވެ.

 

އެ ދެ ޕާޓީގެއިތުރުން އެއްވެސް ސިޔާސީ ޕާޓީއަކުން ޕްރައިމަރީ ބާއްވައިފައި ނުވާއިރު، ވާދަކުރާނެ ޖުމްލަ ދާއިރާ ތަކެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީއާއި، މައުމޫން ރިފޯމް މޫވްމެންޓާއި، ޕީޕީއެމާއި، ޕީއެންސީ ވެސް ހިމެނެ އެވެ. މީގެއިތުރުން ލޭބަރ ޕާޓީއާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ އެމްޓީޑީން ވެސް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން އޮތްކަން ހާމަކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް