ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 00:10
ވަރުން ދަވަން އާއި ނަތާޝާ
ވަރުން ދަވަން އާއި ނަތާޝާ
ގޫގުލް
ބޮލީވުޑް
ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާގެ ކައިވެނި ނޮވެމްބަރުގައި
ދެ ފަރާތުގެ އާއިލާއިން މިހާރު ވެސް ވަނީ ތައްޔާރު ވާން ފަށާފައި

ބޮލީވުޑްގެ ތަރި ވަރުން ދަވަން އާއި އޭނާގެ ލޯބީވެރިޔާ ނަތާޝާ ދަލާލުގެ ކައިވެނި މިއަހަރުގެ ނޮވެމްބަރު މަހުގެ ފަކުކޮޅު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ވަރުން އާއި ނަތާޝާގެ ކައިވެންޏަށް ދެ ފަރާތުގެ އާއިލާއިން މިހާރު ވެސް ވަނީ ތައްޔާރު ވާން ފަށާފައެވެ. އެހެންކަމުން މިކައިވެނީގެ ހަފްލާ ވެގެންދާނީ މި އަހަރު ފެންނާނެ އެންމެ ކުލަގަދަ އެއް ކައިވެނި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަތާޝާ 30، އާއި ވަރުން 31، ގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ ދެ މީހުން ކިޔަވަން އުޅުނު ދުވަސްވަރުއެވެ.

ވަރުން އާއި ނަތާޝާގެ އިތުރުން އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ، ފަރްހާން އަހްތަރާއި ޝިބާނީ ޑަންޑޭކަރްގެ ކައިވެނި އަހަރުގެ ކުރީ ކޮޅުގައި ފެނިދާނެ ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަރުން މިހާރު އަންނަނީ ނޮވެމްބަރު އަށެއްގައި ރިލީޒު ކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގެ މަސައްކަތް ޕަންޖާބްގައި ކުރަމުންނެވެ.

ވަރުން މި އަހަރު ފެނިގެން ދާނެ ފުރަތަމަ ފިލްމަކީ އެޕްރީލް 19ގައި ރިލީޒް ކުރާ ތާހީރީ ލޯބީގެ ފިލްމު "ކަލަންކް" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް