Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 20:48
ރާއްޖެވަޑައިގެންނެވި ކޮމަންވެލްތުގެ ވަފުދު ފޮރިން މިނިސްޓްރީގައި
ރާއްޖެވަޑައިގެންނެވި ކޮމަންވެލްތުގެ ވަފުދު ފޮރިން މިނިސްޓްރީގައި
ފޮރިން މިނިސްޓްރީ
ރާއްޖެ-ކޮމަންވެލްތް
ކޮމަންވެލްތާ ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު ދެނެގަތުމަށް މިޝަނެއް ރާއްޖޭގައި!
ރާއްޖެ ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީން އަބްދުލް ގައްޔާމްގެ ވެރިކަމުގައި

ރާއްޖޭގެ ހާލަތު ދެެނެގަތުމަށް ކޮމަންވެލްތުގެ ވަފުދެއް ރާއްޖެ އަށް ޒިޔާރަތް ކޮށްފިއެވެ. 

އަންގާރަދުވަހު ރާއްޖެވަޑައިގެންނެވި ކޮމަންވެލްތުގެ މި ވަފްދުގެ މެންބަރުން ވަނީ މިއަދު ވަނީ ފޮރިން މިނިސްޓްރީ އަށް ވަޑައިގެންފައެވެ. 

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ، އަބުދުލް ޣަފޫރު މުހައްމަދު ބައިވެރިވަޑައިގެންނެވި ކަމަށާއި ރާއްޖެ ކޮމަންވެލްތްގެ މެންބަރެއްގެ ގޮތުގައި އޮތްއިރު، އެތަށް ރޮނގަކުން ރާއްޖެއަށް ގިނަގުނަ ފައިދާވި ކަމަށް ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކާއި މޫސަމަށް އަންނަ ބަދަލު، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ބައިނަލްއަގުވާމީ މައިދާނުގައި ހުރި ބޮޑެތި މަޝްވަރާތަކުގައި ރާއްޖޭގެ ހިއްސާ އޮތް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީން އަބްދުލް ގައްޔާމްގެ ވެރިކަމުގައި، ރާއްޖޭގެ ދާހިލީ ކަންތައްތަކަށް އެ ޖަމާއަތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެ ޖަމާއަތަށް އަލުން ގުޅުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އެއީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެެރެއިން ވައުދެއް ވެސް މެއެވެ.

ރާއްޖެއަށް ވަޑައިގެންނެވި މި ވަފުދުން، ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ހުށައަޅާފައިވުމާ އެކު، ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރާއްޖެއިން ކޮމަންވެލްތާ ގުޅުނީ 1982 ވަނަ އަހަރުއެވެ. އަދި އެ ޖަމާއަތުން ވަކިވީ، 34 އަހަރު އެ ޖަމާއަތުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތުމަށް ފަހު ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމަށް ނިންމައި އެކަން މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެެވެ. އަދި އެ އަށް ފަހު ވާންޖެހޭ އެންމެހާ ތައްޔާރީތައް ރާއްޖެއިން އަންނަނީ ވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް