Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 15:41
ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސް ހޮސްޕިޓަލަށް ގެންދަނީ
ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސް ހޮސްޕިޓަލަށް ގެންދަނީ
އެމްއެންޑީއެފް
ފުލުހުންގެ އިދާރާ
އެތެރެހައްޓަށް ފާނަބަސަންދު ފެތުރި ހާލު ބޮޑުވި ފުލުސް މީހާ މާލެ ގެންނަނީ
އޭނާގެ ހާލު ވަރަށް ސީރިއަސް

އެތެރެހައްޓަށް ފާނަބަސަންދު ފެތުރި ހާލު ބޮޑުވި ފުލުސް މީހާ، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިޔާ ޒާހިރު ވިދާޅުވީ އެތެރެހަށީގައި ފާނަބަސަންދު ޖެހިގެން ހާލު ބޮޑުވެގެން މާލެ ގެންނަނީ އުމުރުން 30 އަހަރުގެ ހއ. ހޯރަފުއްޓަށް ނިސްބަތްވާ ފުލުހެއް ކަމަށެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އިޒްމިޔާ ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ފާނަބަސަންދު ޖެހިގެން ހާލު ބޮޑުވި ބަލި މީހާ ފުލުހުންގެ އޮފިސަރ ލެވެލްގެ ނަރުހަކާ އެކީ ރޭ ހއ. ކެލާ ހޮސްޕިޓަލުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މިހާރު ބަލި މީހާ އޮތީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކަމަށާއި، އޭނާ މާލެ ގެނައުމަށްޓަކައި ކައްދޫ އިން އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ކުޅުދުފުއްޓަށް ދަތުރު ފަށާފައިވާ ކަމަށް އިޒްމިޔާ ވިދާޅުވިއެވެ.

އިޒްމިޔާ ވިދާޅުވީ ބަލި މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް