Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 14:49
ރައީސް އޮފީސް
ރައީސް އޮފީސް
މުހައްމަދު ޝަރުހާން
ކޮމެޓީތައް
ސަރުކާރުން އުފައްދާ ކޮމެޓީތަކަށް ދޭ އެލަވެންސް ހާމައެއް ނުކުރި!
ރައީސް ސޯލިހު އުފައްދަވާފައި ވަނީ ދެ ކޮމިޝަނާއި ދެ ކޮމިޓީ
މިނިސްޓްރީތަކުން ހަދާ ކޮމިޓީތަކަކީ ރައީސް އޮފީހާ ގުޅޭ ކަމެއް ނޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމެޓީތަކަށް ދޭ އެލެވެންސް ހާމަކުރެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ކޮމެޓީތަކަށް ދޭ އެލެވެންސްތަކުގެ އަދަދެއް މީޑިއާޔަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ. މިހާރު ހިމެނޭ ކޮމިޓީތަކާއި ރިޔާސީ ދެ ކޮމިޝަންގެ މެމްބަރުންގެ އެލަވަންސް ތަފާތެވެ. އަދި ކެބިނެޓް ކޮމެޓީތަކަށް އެލަވަންސް ނުދޭ ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.

ހޫދު ވިދާޅުވީ ރައީސް ސޯލިހު އުފައްދަވާފައި ވަނީ ދެ ކޮމިޝަނާއި ދެ ކޮމިޓީ ކަމަށެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނުގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނެވެ. ކޮމެޓީތަކުގެ ތެރޭގައި ހިމެނެނީ ފްލެޓްތައް ދިން ގޮތް ބަލާ ކޮމިޓީ އާއި ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީއެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ލާޒިމްކުރާ ކޮމިޝަންތަކުގެ ތެރޭގައި ހިމެނެނީ ޕޭ ކޮމިޝަނާއި ގައުމީ އިނާމާ ބެހޭ ކޮމިޓީއެވެ.

ސަރުކާރުގެ ކޮމެޓީތައް ގިނަވުމުގެ ސަބަބުން ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިނިސްޓްރީން ހަދާ ކޮމެޓީތަކަކީ ރައީސް ސޯލިހް ހައްދަވާ ކޮމެޓީތަކެއް ނޫނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 ޖެނުއަރީ 2019 | އަންގާރަ 18:14
Zulfee
ކޮމިޝަންތަކަށް 35000 ރުފިޔާ ކޮމެޓީތަލަށް 25000