ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 21:48
ސޯލް ގެ ޕޯސްޓަރު
ސޯލް ގެ ޕޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމް އިންޑަސްޓްރީ
ސޯލް ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
މި  ފިލްމު ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ ބައިސްކޯފް އެޕުން

ބައިސްކޯފް ޕްރޮޑަކްޝަން ހައުސް އާއި އަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމު "ސޯލް" ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ.

ވިއްސަކަށް މިނެޓްގެ  މި ކުރު ފިލްމުގެ ޓީޒާ ރަސްމީކޮށް ނެރެދެއްވީ ޓޫރިޒަމް މިސްޓަރު އަލީ ވަހީދެވެ.

"ސޯލް" ޓީޒާ އިން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދެއެވެ.  ރާއްޖޭގެ ރަށްތަކުގެ އަތިރިމައްޗާއި، ކަނޑުއަޑީގެ ގުދުރަތީ ރީތި މަންޒަރުތައް މި ޓީޒާއިން ފެނިގެން ދެއެވެ.

ސީޒަން ޑައިރެކްޓް ކޮށްފައިވާ "ސޯލް" ގައި ލަންކާގެ ދެ ތަރިއެއްގެ އިތުރުން ދިވެހި ބައެއް ފަންނާނުން ވެސް ފެނިގެންދެއެވެ.

މި  ފިލްމު ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ ބައިސްކޯފް އެޕުންނެވެ.

މި ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ  އއ. މަތިވެރީގެ އިތުރުން މާލެ އާއި މާލެ ކައިރީ ރަށްތަކެއްގައެވެ.

މަޝްހޫރު ކެމެރާމަން ހަސަން (ކޮކޯ) ހަލީމް ކެމެރާ ކޮށްފައިވާ "ސޯލް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އައިޝަތު ޝަޒްލީނެވެ. އަދި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ އިބްރާހީމް (ތިއްތި) ނިފާރު އެވެ.

"ސޯލް" މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރި ކުރުމަށް ވަނީ ނިންމާއިފަ އެވެ.

ހޯމަ ދުވަހު ސޯލް ގެ ފުރަތަމަ ޓީޒާ ދައްކާލާފައިވާއިރު މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ދައްކާލާފައެވެ.

މި  ފިލްމަކީ ރާއްޖޭގެ ރީތި މަންޒަރުތައް ފުރިހަމައަށް ދައްކުވައިދޭ ފިލްމަކަށް ވާއިރު  މި ޕޯސްޓަރުގައި ވެސް ފެންނަނީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށެވެ.

އަދި ފިލްމުގައި ލީޑް ރޯލުން ފެންނަ ރާއްޖޭން ބޭރުގެ ދެ ތަރިން މި ޕޯސްޓަރުން ފެނިގެން ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް