ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 09:04
ލުބްނާނުގެ ޑައިރެކްޓަރ ނަދިން ލަބަކީ
ލުބްނާނުގެ ޑައިރެކްޓަރ ނަދިން ލަބަކީ
މުހައްމަދު ޝަރުހާން
ނަދީން ލަބަކީ
އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ނަދިން ލަބަކީ
ނޮމިނޭޓްވެފައި ވަނީ '' ކަޕްހާރްނައުމް'' ފިލްމު

މަޝްހޫރު ''އޮސްކާ އެވޯޑް'' އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ލުބްނާނުގެ ޑައިރެކްޓަރ ނަދިން ލަބަކީ ހިމެނިއްޖެއެވެ.  

އޮސްކާގައި ހިމެނޭ ''ފޮރިން ލެންގުއޭޖް'' ފިލްމު ކެޓަގަރީ ގައި ނަދިން ޑައިރެކްޓް ކޮށްފައިވާ ''ކަޕްހާރްނައުމް'' ވަނީ ހިމެނިފައެވެ.

މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނާއަށެވެ. އަދި މި އަހަރުގެ ބެސްޓް ޑައިރެކްޓްރީ ކެޓަގަރީގައި ނޮމިނޭޓްވެފައިވާ ހަމައެކަނި އަންހެނަކީ ވެސް ނަދިންއެވެ.  

އަރަބި ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ނަދިން ބުނީ، އޭނާގެ މަގްސަދަކީ ފިލްމުތައް ހެދުމަށް މަސައްކަތް ކުރާ ހުރިހާ އަންހެނުން ތަމްސީލް ކޮށް ދިނުން ކަމަށެވެ.  

އަރަބި ބަހުން ހަދާފައިވާ ''ކަޕްހާރްނައުމް'' ފިލްމު 2018 އަށް ވަނަ އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލް އަށް ވެސް ނޮމިނޭޓް ވެފައިވާއިރު، އެމެރިކާގެ މަޝްހޫރު ޕްރެޒެންޓަރ އޮޕްރާ ވިންފްރޭގެ އިތުރުން ލުބްނާންގެ ފޮރިން މިނިސްޓަރު ގެބްރަން ވެސް ވަނީ އެފިލްމަށް ތައުރީފްކޮށްފައެވެ.

އެ ފިލްމުގައި ދައްކުވައި ދެނީ އުމުރުން 12 އަހަރުގެ ރެފިއުޖީ ކުއްޖަކައީ ކެންޔާގެ ކުއްޖަކު ލުބްނާންގެ ވެރިރަށުގެ މަގުމަތީގައި ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

ލުބްނާނުގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ޅައުމުރު ދުވަސްތައް ހޭދަކުރި ނަދީން ފިލްމީ ދާއިރާ އަށް ނުކުމެފައިވަނީ 2003 ވަނަ އަހަރުއެވެ. ''ކަޕްހާރްނައުމް'' ފިލްމަކީ އޭނާގެ ތިންވަނަ ޑައިރެކްޝަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް