ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 10:12
\'\'އެންގާ ރޫމް\'\' ތެރޭ މީހަކު ފުޅިތަކެއް ތަޅައި ލަނީ
''އެންގާ ރޫމް'' ތެރޭ މީހަކު ފުޅިތަކެއް ތަޅައި ލަނީ
ރޮއިޓަރސް
އެންގާ ރޫމް
އެންގާ ރޫމްގެ މަގުބޫލު ކަން ޗައިނާގައި ބޮޑުވަނީ
30 މިނިޓް ޝެޝަނަކަށް 20 ޑޮލަރު
މަހެއްގެ މައްޗަށް 600 މީހުން ހިދުމަތް ހޯދާފައިވޭ

ދިރިއުޅުމުގައި ދިމާވާ ހިތްހަމަނުޖެހޭ ކަންތައްތަކާއި ސްޓްރެސްތައް ފިލުވާލުމަށް ހާއްސަ ކޮށް ޗައިނާ ގައި ހަދާފައިވާ ''އެންގާ ރޫމް'' ގެ މަގޫބުލުކަން ބޮޑު ވަމުންދާ ކަމަށް އެ ރޫމް ހެދި ޖިންގް މެންގް ބުނެފިއެވެ.

''ސްމޭޝް އެންގާ ރޫމް''ގެ ބާނީ ޖިންގް މެންގް ބުނީ، އެ ރޫމްގެ ހިދުމަތް މަހެއްގެ މައްޗަށް 600 މީހުން ހޯދަމުންދާ ކަމަށެވެ.  

''30 މިނިޓްގެ ޝެޝަނަކަށް ދައްކަން ޖެހޭނީ 20 ޑޮލަރު. އެންމެ ގިނައިން މި ރޫމްގެ ހިދުމަތް ހޯދަނީ  ރިލޭޝަންޝިޕް ގައި މައްސަލަތައް ދިމާވާ މީހުން. އެއްފަހަރު އަންހެނަކު ގެނައީ އޭނާ ކައިވެނި ކުރި ދުވަހު ނަގާފައި ހުރި ހުރިހާ ފޮޓޯއެއް. އެހުރިހާ ފޮތޯ އެއް އޭނާ ވަނީ ޗިސްޗިސް ކޮށްލާފައި,'' ޖިންގް ބުންޏެވެ.

އެ ރޫމް ތެރޭގައި ފުޅިތައް ބަހައްޓާފައި ހުންނައިރު ބޭސް ބޯލް ބެޓް ބޭނުން ކޮށްގެން ފުޅިތައް ތަޅައި ކުދިކުދި ކޮށްލާން ޖެހޭ ކަމަށާއި، އެ މީހަކު ބޭނުން އެއްޗެއް ގެނެސް ތަޅާލެވޭނެ ކަމަށްވެސް ޖިންގ ބުންޏެވެ. އެ ރޫމް ތެރޭގައި އެއްޗެހި ތަޅާލާއިރު ހުންނަން ޖެހެނީ ހާއްސަ ހެދުމެއް ލައިގެންގެންނެވެ. އިތުރުން ރައްކާތެރިކަމުގެ ގޮތުން ހެލްމެޓްވެސް އަޅަންޖެހޭއެވެ.  

އެ ތަނުން ހިދުމަތް ހޯދާފައިވާ ގިނަ ކަސްޓަމަރުންނަށް އެތަނުން ލިބޭ ހިދުމަތާއި މެދު ވަރަށް ހިތްހަމަޖެހޭއެވެ.  

'' އަސްލު ބޭނުން އެއްޗެއް ހަލާކު ކޮށްލެވޭ، މީހުން ފިޔަވާ، ޓީވީ، ކޮމްޕިއުޓަރު،ފުޅި ފަދަ ތަކެތި ވެސް ހަލާކު ކޮށްލެވޭ,'' ކަސްޓަމަރަކު ބުންޏެވެ.

ޖިން ބުނީ އޭނާގެ މި ހިޔާލަކީ ރުޅި އައިސްގެން މީހުން ހަމަނުޖެހުމަށް މަގު ފަހި ނުވެ އެހެން ގޮތަށް އެ ރުޅި ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.  

އެ ރޫމް ތެރޭގައި އެއްވެސް މީހަކު އެއްވެސް ކަމާއި މެދު ސުވާލު ނުކުރާނެ ކަމަށާއި، ކުންފުނީގެ ބޭނުމަކީ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުން ކަމަށް ޖިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 ފެބްރުއަރީ 2019 | އާދީއްތަ 16:19
Albertha
I am sure this post has touched all the internet viewers, its really really nice paragraph on building up new web site. I couldn't resist commenting. Perfectly written! Does your website have a contact page? I'm having trouble locating it but, I'd like to send you an email. I've got some recommendations for your blog you might be interested in hearing. Either way, great blog and I look forward to seeing it improve over time. http://www.cspan.net
27 ޖެނުއަރީ 2019 | އާދީއްތަ 05:56
Rulhigada
Meege thaneh raajeegaves Hadanfennanee