ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 18:00
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މަނިކަރްނިކާ' ފެށުން ހީކުރިވަރެއް ނުވި'
މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.75 ކްރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އަށް ފިލްމް ރިލީޒްކުރި ދުވަހު ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ހީކުރި ވަރަށް ވުރެ ދަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.75 ކްޜޯޑް ރުޕީސް އެވެ.

ކަންގަނާގެ އިތުރުން އަންކިތާ ލޮކާންޑޭ، ޑެނީ ޑެންޒޯޕާ، އަތުލް ކުލްކަރްނީ އަދި ޖިއްޝޫ ސެން ގުޕްތާ ފެނިގެންދާ މި ފިލްމް ވަނީ 3000 ސްލްރީންގައި ވަނީ ދައްކަން ފަށާފައެވެ.

ޓްރޭޑް އެންލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ ފިލްމްގެ ފެށުން އެހާ ރަނގަޅު ނުވި ނަމަވެސް ހަފްތާ ބަންދާއި އަދި އިންޑިއާގެ ރިޕްބްލިކް ޑޭއާ ދިމާކޮށް ފިލްމަށް ލިބޭ އާމްދަނީ އިތުރުވާން ޖެހޭނެ ކަމަށެވެ.

އަންހެނުން ލީޑް ކުޅެފައިވާ ފިލްމްތަކަށް ބަލާއިރު މި ފިލްމް ވެގެން ގޮސްފައި ވަނީ ފިލްމް ރިލީޒް ކުރި ދުވަހު ފަސް ވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ. މި ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ސޯނަމް ކަޕޫރާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމް "ވީރޭދި ވެޑިން" އެވެ. އެ ފިލްމަށް ލިބިފއިވަނީ 10.4 ކޯރޯޑް އެވެ. ދެން މި ލިސްޓްގައި ހިމެނެނީ ކަންގަނާ ކުޅޭފައިވާ "ތަނޫ ވެޑްސް މަނޫ ރިޓާން" ( 8.61 ކްޜޯޑް)، ޕްރިޔަންކާ ޗޯޕްރާ ކުޅެފައިވާ "މޭރީކޮމް" ( 8.32 ކްރޯޑް)، ސަނީލިއޯނީގެ "ރާގިނީ އެމްއެމްއެސް2" (7.93 ކްރޯޑް ރުޕީސް) އެވެ.

- ކޮމެންޓް