ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 18:42
މި މަހުގެ 18 ވަނަ ދުވަހު އޮތް އެމްޑީޕީގެ ޕްރައިމަރީގައި މީހަކު ވޯޓުލަކީ
މި މަހުގެ 18 ވަނަ ދުވަހު އޮތް އެމްޑީޕީގެ ޕްރައިމަރީގައި މީހަކު ވޯޓުލަކީ
އަވަސް
އެމްޑީޕީ ޕްރައިމަރީ 2018
ޕްރައިމަރީ ނިމިއްޖެ! ދެން އޮތީ އެކުގައި މަސައްކަތްކުރުން!
ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ވާދަކުރެވޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން
ބައެއް ދާއިރާތަކުގެ ޓިކެޓް އިދިކޮޅު ފަރާތްތަކުން ހިޞޯރުކޮށްފައިވާ ކަމަށް ތުހުމަތުކުރޭ

މި މަހުގެ 18 ވަނަ ދުވަހު އެމްޑީޕީން ބާއްވާފައި ވަނީ ތާރީހީ ޕްރައިމަރީއެކެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތެވެ. އެންމެ ބޮޑު ޕްރައިމަރީއެވެ. ޕްރައިމަރީގައި 86،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމ،ުގެ ހައްގު ލިބުނު އިރު ބައިލައްކަ އަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުކުމެފައި ވެއެވެ. ޕްރައިމަރީގެ ފޯރި ވެސް އެހާ ގަދައެވެ. ޕާޓީ އެތެރެ ގުޑާ ވަރަށް ކަންކަން ދިޔައެވެ. ނަމަވެސް ޕްރައިމަރީ ނިމިއްޖެ އެވެ. ދެން އޮތީ ޕްރައިމަރީގައި މޮޅު ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރުމެވެ.

ޕްރައިމަރީއަކީ ޑިމޮކްރަސީގެ ގުނަވަނަކަށް ވެދާނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އެހާ "ހެލްތީ" ކަމެއް ނޫނެވެ. ހާއްސަކޮށް ޑިމޮކްރަސީގެ ބަހާތައް ދަސްކުރަމުން އަންނަ ރާއްޖެ ފަދަ ގައުމުތަކުގައި މީގެ ކުރިން ވެސް ޕްރައިމަރީތައް ވެފައި ވަނީ ޕާޓީތަކަށް ހިތި ކަމަކަށެވެ. ހާއްސަކޮށް އެތެރޭގެ މަސްލަހަތު ގެއްލި ބައިބައިވުންތައް އުފެދުމުގެ މައިގަނޑު ސަބަބަކީ ވެސް ޕްރައިމަރީއެވެ. އެކަން މިހާރު ވެސް މި ވަނީ ފެންމަތިވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ވެސް ފޯރި ގަދައެވެ. ވާދަވެރިކަން ވެސް އެހާ ގަދައެވެ. ބަހުގެ ހަމަލާތައް ބަދަލުކުރެވި ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދުނެވެ. ފަތިފުށްތައް ހާމަވެގެން ދިޔައެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޕްރައިމަރީއަކަށް ނުވަތަ ކޮންމެ އިންތިހާބަކަށް ވެސް ނުކުންނަންވާނީ އެފަދަ ފާޑުކިޔުންތަކާއި ސިޔާސީ ބަހުގެ ހަމަލާތަކަށް ކެތްކުރެވޭ ވަރުގެ މީހުންނެވެ. އަދި އެކަންކަމާ ކެރިގެން ކުރިމަތިލެވޭ ވަރުގެ މީހުންނެވެ. ނަމަވެސް ގާތް ނުވެވޭ ވަރަށް ދުރުނުވާށޭ ބުނާ އުސޫލުން ޕްރައިމަރީގައި ވެސް ހުދޫދުތަކެއް އޮންނަންޖެހެއެވެ. ފާޑުކިޔުންތަކަށް ކުރިމަތިލުމުގެ މާނައަކީ ކިޔާ ކޮންމެ އެއްޗަކަށް އަޅާނުލައި ހުރުމެއް ވެސް ނޫނެވެ.

ޕްރައިމަރީ މިހާރު ވަނީ ނިމިފައެވެ. ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ ސަޕޯޓަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީ އަށް ގެއްލުން ލިބޭ ނަމަ ޕްރައިމަރީގެ ހަގީގީ މަގުސަދު ހާސިލެއް ނުވާނެއެވެ. ބައެއް ރަށްރަށުގައި ޕްރައިމަރީ ވަނީ ވިހައަކަށް ވެފައެވެ. ހޮވުނު ކެންޑިޑޭޓުގެ ފަހަތަށް ނޭރުމަށް ދެއްކެން އޮތް ހުރިހާ ބަހަނާއެއް ނުހޮވުނު ކެންޑިޑޭޓުން ދައްކަމުން އެބަ ދެއެވެ. އަދި ސީދާ ފާޅުގައި ދެކޮޅަށް މަސައްކަތް ކުރާކަން ވެސް ފާހަގަކުރަންޖެހެއެވެ.

އަނެއްކޮޅުން ފާޑުކިޔާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕްރައިމަރީއަކަށް ޕާޓީ ނުކުންނަ އިރު ގެންގުޅެންޖެހޭ ބައެއް އުސޫލްތައް ހުރީ ނުހެދިއެވެ. އޭގެ ސަބަބުން ޕާޓީ އަށް ގެއްލުންތަކެއް ލިބޭނެއެވެ. ގޮނޑި ގެއްލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެ ގޮތުން ޕާޓީގައި ރަޖިސްޓްރީވުމަށް މުއްދަތު ދިނުމަކީ ޕްރައިމަރީގައި ހެދި ވަރަށް ބޮޑު ގޯހެކެވެ. އޭގެ ސަބަބުން ވާދަވެރި ޕާޓީތަކުން މީހުން އައިސް ޕްރައިމަރީ ޓިކެޓް ހިޞާރުކުރި ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. އޭގެ ނަތީޖާއަކުން ޕާޓީ ރޫހުގައި މަސައްކަތްކުރި ރަނގަޅު ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ލިބުނުމެވެ. އެހެންކަމުން އެފަދަ ބައެއް ދާއިރާތަކުގައި އެމްޑީޕީގެ ހަގީގީ ސަޕޯޓަރުން ތިބީ ހިސާރުކުރި ފަރާތްތަކަށް ވޯޓު ނުދޭނެ ގޮތެއް ފެނޭތޯ ބަލަބަލައެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ގޮތަށް އޮތް ގާނޫނަށް އިސްލާހު ގެނެސް އެ ފަރާތްތަކާ ވާދަކުރެވޭނެ މަގު ފަހިކުރުމަށް ޖޭޕީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ހުށަހެޅުއްވާފައިވާ އިސްލާހު ފާސްވާނެއެވެ. އެކަމުގައި ޖޭޕީ އަށް ވެސް ފައިދާތަކެއް އޮތުމުން ޖޭޕީގެ މެންބަރުންގެ ތާއީދު އެ ބިލަށް އޮންނާނެ ކަމަށް ބެލެވެއެވެ. އަދި އިދިކޮޅު ޕީޕީއެމް ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކަށް ވެސް އެކަމުން ފައިދާތަކެއް އޮތުމުން މި ވަގުތު މެޖޯރިޓީ އޮތް ޖޭޕީއާ ބައިވެގެން އެ އިސްލާހު ފާސްކުރުމަށް ޕީޕީއެމުން ތާއީދުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއީ ޕީޕީއެމުން ފާސްކުރި ގާނޫނަކަށް ވިޔަސް މައްސަލައެއް ނެތެވެ.

ޕްރައިމަރީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ބައެއް ދާއިރާތައް އެމްޑީޕީ އަށް ގެއްލުމުގެ ބިރު ވެސް އެބަ އޮތެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވޯޓާ ހަމައަށް ދާއިރު އެމްޑީޕީ މީހުން އެކަތިގަނޑެއްގެ ގޮތުގައި ނުކުންނާނެއެވެ. އެމްޑީޕީގެ ރޫހަކީ އެއީ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް އެމްޑީޕީން ކާމިޔާބު ހޯދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޖެނުއަރީ 2019 | ހޮނިހިރު 13:40
އެމް.ޑީ.ޕީ އެކިޓިވިސްޓުންގެ ރަ
ޕުރައިމެރީ ބޭއްވުމގެ ބޭނުމަކީ ހަމަހަމަކަމާއި އިންސާފުން މަޖިލީހުގެ ދާއިރާތަކުގެ ގޮޑިދިނުން ނަމަވެސް ޕުރައިމެރީ ނަމުގައި ބާއްވާ ކުރިމަތިލާ ކެނިޑޭޓުން ގުދާރުބިނދައިގެން އެއްކޮށްފައިވާ ފައިސާއާއި ދަރަނިއަށް ފައިސާ ނަގައިގެން ކެންޕެއިންކޮށް ހަދާއިރު ލީޑަރސިޕުން ވަކިބަޔަކަށް ވޯތު ދިނުމަށް ފޯނުކޮށާއި އެހެނިހެން ގޮތްގޮތުން ޕާޓީގެ ވެރިންގ ސަޕޯޓުއޮތީ ކާކަންދޭހަވާގޮތަށް ކަންކަންކުރުމުގެ ސަބަބުން، ނިކަމެތިވެގެން ދަނީ ކުރިމަތިލި ކެނިޑޭޓް، މީގެ ބަދަލުގައި ޕާޓީއިން ބޭނުންވާ ވަކި މީހަކަށް ޓިކެޓްދިނުން މާރަގަޅު ގައިމުވެސް ބޭކާރުހަރަދަކޮށް ދަރަނިވެރިނުވާނެ