ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 12:35
ޝަބީރު އަލުވާލިއާ
ޝަބީރު އަލުވާލިއާ
ގޫގުލް
ކުމްކުމް ބާގިޔާ
ކުމްކުމް ބާގިޔާގެ ތަރި 'އަބީ' ރާއްޖޭގައި
ޗުއްޓީ ހޭދަކުރަމުންދަނީ ޖުމައިރާ ވިޓަވެއްލީގައި

ޒީ ޓީވީން ދައްކާ އެންމެ މަޝްހޫރު ސީރީޒް ކުމްކުމް ބާގިޔާގެ ތަރި ޝަބީރު އަލޫވާލިޔާ ރާއްޖެ އަތުވެއްޖެއެވެ.

އަބީގެ ނަމުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ ޝަބީރު ރާއްޖެ އައިސްފައިވަނީ ޗުއްޓި ހޭދަކޮށްލުމަށް ހުކުރު ދުވަހުގެ ހެނދުނުގައެވެ.

އާއިލާއާއި އެކު ޗުއްޓީ ހޭދަކުރަމުންދަނީ ޖުމައިރާ ވިޓަވެއްލީގައެވެ.

ދެ ކުދިންނާއި އަންހެނުންނާއި އެކު ޗުއްޓީ ހޭދަކުރަން އޭނާ ރާއްޖެއައިސްފައިވާއިރު ކުމްކުމް ބާގިޔާ ސީރީސްއަކީ އަދިވެސް ޓީވީ ޑްރާމާ ތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާ އެއް ސީރީޒްއެވެ.

ޝަބީރުގެ އަންނެހުން ކާންޗި ކޯލްއަކީވެސް މަޝްހޫރު ސީރީޒްތައް ކުޅެފައިވާ ފަންނާނެކެވެ.

ޝަބީރު އަންހެނުން ކާންޗީ އަދި ދެ ކުދިންނާއި އެކު

ރޭޓިންގެ އެއްވަނައިގައި އަބަދުވެސް މި ސިރީސް ހިމެނިފައިވާއިރު ޝަބީރުއަކީ މިސިރީޒްގެ މެއިން ރޯލުން ފެނިގެންދާ އެއް ތަރިއެވެ. އެގޮތުން މިސިރީޒްގައި އޭނާ ފެނިގެންދަނީ ޕްރަޤްޔާގެ ފިރިމީހާގެ ގޮތުގައެވެ.

2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި މިސީރީޒް ދައްކަމުންދާއިރު ގިނަ އެވޯޑުތަކެއްވެސް ވަނީ ހޯދާފައެވެ.

މިއީ ބަލާޖީ ޓެލެފިލްމުސްގެ އުފެއްދުމެއް ކަމަށްވާއިރު މިޝޯވްގެ ޕްޜޮޑިއުސަރުންނަކީ އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް